
މިފްކޯގެ ޗެއަރމަން ކަމަށް ފާއިޒް އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 12:13
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޗެއަރމަން ކަމުގެ މަގާމަށް މއ. ދޭލިޔާގެ، އަބްދުﷲ ފާއިޒް އައްޔަނުކޮށްފިއެވެ.
ޕީސީބީ އިން ބުނީ ފާއިޒް މިފްކޯގެ ޗެއަރމަން ކަމުގެ މަގާމަށް އައްޔަނުކުރުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމަށް އެ ބޯޑަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ޗެއަރޕާސަންގެ މަގާމަށް އައްޔަނުކުރެވުނު ފާއިޒަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މިފްކޯގެ ޗެއަރމަން ކަމާއި ހަވާލްވުމުގެ ކުރިން ކުރިން އެމަނިކުފާނު ހުންނެވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަގާމުގައެވެ.
މިފްކޯގެ ޗެއަރމަންގެ މަގާމަށް އާ ބޭފުޅަކު މި އައްޔަނުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިދާވަމުންދާ ކުންފުންޏަކަށް ހެއްދެވުމަށްޓަކައި އިސްލާހީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯވޭގެ ރަސްގެފާނު ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
16 ގަޑިއިރު ކުރިން

މިސްކިތްތަކުގެ ލައިޓްތައް ވަގަށްނަގާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
16 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: ހޮހަޅަތަކުގައި ތާށިވި މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!
16 ގަޑިއިރު ކުރިން

އެއް އުޅަނދަށް ވުރެ ގިނައިން ރަޖިސްޓަރީ ކުރާ ނަމަ 'މަލްޓިޕްލް އޯނާޝިޕް ފީ' ނަގަން ފަށައިފި
17 ގަޑިއިރު ކުރިން


