logo

އިގްތިސާދުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު ކޮންޓްރޯލްކުރުމަށް އެމްއެމްއޭ އިން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި

profile

މުޙައްމަދު ފަޟްލޫން - 07 އޯގަސްޓު 2026 - 07:01

ދިވެހިރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާ ނުވަތަ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން މަނިޓަރީ ސިޔާސަތު އިތުރަށް ވަރުގަދަކުރުމަށް ނިންމައިފިއެވެ.

https://wamco.com.mv/

އެމްއެމްއޭ އިން ނިންމާފައިވާ މައިގަނޑު ފިޔަވަޅަކީ، ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރުއާރު) މިހާރު ހުރި 10.5 އިންސައްތައިން 11.0 އިންސައްތައަށް އިތުރުކުރުމެވެ.

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލާއެކު، 2027 ވަނަ އަހަރުގެ ނިޔަލަށް މަރުހަލާތަކަކަށް ބަހާލައިގެން އެމްއާރުއާރު 13 އިންސައްތައަށް މަތިކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި މަރުހަލާތައް ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މުރާޖައާ ކުރަމުންދާނެއެވެ.

މީގެ އިތުރުން، ބާޒާރުގައި ހުރި އިތުރު ފައިސާ މަރުކަޒީ ބޭންކަށް ދަމައިގަތުމަށް ހިންގާ 'އޯޕަން މާކެޓް އޮޕަރޭޝަންސް' (އޯއެމްއޯ) ގެ ރޭޓު 10 ބޭސިސް ޕޮއިންޓަށް މަތިކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހު އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށި ފަހުން، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭންކިން ނިޒާމުން އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ހިފެހެއްޓިފައެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ކުރު ރާސްތާގެ ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ދަށްވެފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

https://wamco.com.mv/
tel:+9607331319