
އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 17 ޖޫން 2025 - 18:18
2024ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
ބަރސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 2 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީިއިން ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރު ބެހުމަށް ނިންމާފައިވަނީ 5.5 މިލިޔަން ރުފިޔާއެވެ.
އެމްޓީސީސީގެ 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މުޅި ޖުމްލަ 156 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ.
އެއީ އެމްޓީސީސީގެ ޖުމްލަ ހިއްސާދާރުންގެ 69.62 އިންސައްތައެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާއިން، ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.95 އިންސައްތައިގެ ވޯޓުންނެވެ.
މިދިޔަ އަހަރު އެމްޓީސީސީއިން ހިއްސާއަކަށް ބަހާފައިވަނީ 3 ރުފިޔާއެވެ. އެހެންކަމުން މިއީ 1 ރުފިޔާ ދަށް އަދަދެކެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕަރޓްނާސް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 510,300 ރުފިޔާ ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
ޑެލޮއިޓް ޕަރޓްނާސްއަކީ ފާއިތުވި އަހަރުތަކުގައިވެސް އެމްޓީސީސީގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 44.8 މިލިޔަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 96.6 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 53.6 އިންސައްތަ ދަށް އަދަދެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން