އައިބީއެމް އެމްޑީ ޖިނާންގެ ރައްދު ރައީސް ނަޝީދަށް: ސިޔާސީ ހިސާބު ޓީޗަރު އިންނެވީ އަޅުގަނޑުމެންތެރޭ!

އައިޝަތު އިބްރާހިމް - 24 ޖޫން 2025 - 18:59
ސިޔާސީ ހިސާބު ޓީޗަރު އިންނެވީ ޕީއެންސީގައި ކަމުގައި ވިދާޅުވެ ކުރީގެ ރައީސް ނަޝީދަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖިނާން ޖަލީލް ރައްދު ދެއްވައިފިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ރޭގަ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މިސަރުކާރަށް ލިބޭނީ 20 އިންސައްތަ ކަމަށް ވިދާޅުވެފައެވެ.
މިކަމަށް ރައްދުދެއްވަމުން އަސްލުޓީވީގެ ބާބު ޕްރޮގްރާމްގައި ބައިވެރިވަަޑައިގެން ރާއްޖޭގެ ސިޔާސީ މަސްރަހާގުޅޭގޮތުން ވާހަކަދައްކަވަމުން ޖިނާން ވަނީ، އެއީ ވަރަށް ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ވިދާޅުވީ ބޮލުތެރޭގަ އޮތީ އެންމެ ވާހަކައެއް ކަމަށެވެ. އެއީ ހިސާބު ޓީޗަރު އިންނެވީ ސަރުކާރުގައި ކަމަށެވެ.
" އެބޭފުޅުންގެ ތެރޭގައެއް ނޫނޭ ހިސާބު ޓީޗަރު އިންނެވީ، އަޅުގަނޑުމެންގެ ތެރޭގަ. މި ދިވެހިރާއްޖޭގައި ސިޔާސީ ހިސާބު ޖައްސަވަން އެންމެމޮޅުފުލު ބޭފުޅަކީ އަދުގެ މަޖިލީހުގެ ރައީސް, އެހެންވީމަ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ހުންނެވީ އަޅުގަނޑުމެންނާއިއެކު." އައިބީއެމްގެ އެމްޑީ ޖިނާން
ޖިނާން ވިދާޅުވީ މަޖުލީހުގެ ރައީސް ހިސާބު ޖައްސަވާފައި ދެންނެވި ނަމަ އެވާހަކަ ޤަބޫލުކުރާނެކަމުގައި ވިދާޅުވިއެވެ. މަޖިލީހުގެ ރައީސްގެ ހިސާބު ޖެއްސެވުމާމެދު ތާރީޚް އެކިދޭ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
20 އިންސައްތައޭ ކިޔާ ދިވެހި ރައްޔިތުންގެ ތެރޭގައި ހަލަބޮލިކަން އުފައްދާ ޕާޓީގެ ތެރޭގައި އޮތް ނުތަވަނަސްކަމާއި ހީނަރުކަން ފޫބެއްދުމަށްޓަކައި ދިވެހި ރައްޔިތުން ގުނބޯ ހެއްދުން ހުއްޓާލަންވެއްޖެ ކަމުގައި ޖިނާން ވިދާޅުވިއެވެ.
"މި ބޭފުޅުންގެ ޕާޓީއަށް މިވަގުތު އޮތް ނުތަނަވަސްވުންތަކެއް ނުވަތަ ހީނަރުކަމެއް ފިލުވުމަށްޓަކައި ދިވެހި ރައްޔިތުންގެ ތާއީދު ހޯދަން ޕާޓީ ހިނގާ ގޮތާ ރޫޅާލާފަ އަނެއްކާ ވަޑައިން އަލުން މި ކުރާ މަސައްކަތާ މިކަހަލަ ކަންތައް ފެނުނީނަމަ މި ބޭފުޅުންގެ ޕާޓީގެ އަސްލު ރޫހުގައި ތިއްބެވި ގިނަ ބޭފުޅުން ނިކުމެވަޑައި ނުގަންނަވާ ސިޔާސީ މަސައްކަތަށް. އެހެންވީމަ އެބޭފުޅުން ލޮލުގައި އަލުވާ އަނދުނަކަށް ނޫނީ ގުނބޯހައްދަން ދެއްކި ވާހަކައެއް އެ ބުނާ 20 އިންސައްތައަކީ " ޖިނާން
ރައީސް ނަޝީދު ދެއްކެވި ވާހަކަ ދިވެހި އެއްވެސް ރައްޔިތަކު ޤަބޫލު ނުކުރާނެކަމަށް ޖިނާން ވިދާޅުވިއެވެ.
ޖިނާން ވިދާޅުވީ މިހާ ދުވަސް ވީއިރު އެމްޑީޕީގެ މަސައްކަތްތައް ބައްޓަންކުރަމުންއައީ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ދާދި ފަހުން އެމްޑީޕީން މާލޭގެ މަގުތަކުގައި މުޒާހަރާއެއް ކުރެއްވިތަންވެސް ފެނިގެން ދިޔަކަންފާހަގަކުރައްވާ ވިދާޅުވީ އެ މުޒާހަރާވެސް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ރާއްޖޭގެ ޑިމޮކޮރަސީގެ މިންގަނޑުތަކާއި ރިވެތި އުސޫލުތަކާއެކު ކަން ފާހަގަކުރެއްވިއެވެ.
ޖިނާން ވިދާޅުވީ އިސްލާހީ މަސައްކަތް ކުރުމުގެ ނަމުގެ އެމްޑީޕީ ނިކުމު އަބަދުވެސް ކުރަމުންގެންދާ މަސައްކަތަކީ މުޅި ޤައުމު ހަލަބޮލިކުރުން ކަމަށެވެ. އަދި މިއީ ތާރީޚުން ފެންނަން ހުރި ހަޤީޤަތްކަމުގައިވެސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޖާބިރު ސިޔާސީ ޕާޓީއެއް އުފައްދަނީ
2 އަހަރު ކުރިން

ލަނޑު ޖަހަން ނޭނގުނު މީހަކަށް ކުޅުންތެރިން ލައްވާ ލަނޑެއް ނުޖެހޭނެ: ހޯމް މިނިސްޓަރ
2 އަހަރު ކުރިން

މަސްޖިދުލް އަޤުޞާއަށް ވަދެ ދިން ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
2 އަހަރު ކުރިން

ބާރަށުން ސިޔާސީ ޕާޓީތަކަށް ހިލޭ ބިން ދޫކުރަނީ
2 އަހަރު ކުރިން