logo
ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރަށް އީސީއިން ވަނީ ދީފައި

ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރަށް އީސީއިން ވަނީ ދީފައި

ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޖާބިރު ސިޔާސީ ޕާޓީއެއް އުފައްދަނީ

profile

ޔޫޝައު ހަސަން - 13 ފެބްރުއަރީ 2023 - 08:11

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އިލެކްޝަން ކޮމިޝަން (އީސީ)ން ހުއްދަ ދީފިއެެވެ.

https://wamco.com.mv/

އިލެކްޝަން ކޮމިޝަނުން ބުނީ،"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފައްދަން ޖާބިރަށް ހުއްދަ ދީފައިވާ ކަމަށެވެ.

މި ޕާޓީ އުފެދުމާއެކު ޒުވާނުންނަށް ހާއްސަ ކަމެއް ދެއްވާނެ ކަމަށާއި ޕާޓީގެ މަޤްސަދަކީ މުޅި ރާއްޖެ ގްރީން ކުރުން ކަމަށް ޖާބިރު ވިދާޅުވެއެވެ.

"ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.ތިމާވެށި އަބްދު ﷲ ޖާބިރަށް ހުއްދަދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. @chairmanjabir @FuwadThowfeek @IsmailHabeeb @ANashath @Mohamed25588073 @HassanZakariyya pic.twitter.com/ATqi0mOdBM

— Elections Commission (@ElectionsMv) February 13, 2023

ޖާބިރު ލީޑަރުކަން ކުރާ ޑީއާރްޕީގެ މެންބަރުން ހަމަނުވެގެން އެޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

ޑީއާރުޕީގެ މައްސަލަ ކޯޓުގައި އޮތުމުން ވަގުތު ބޭކާރުކޮށްނުލުމަށް ޑީއާރުޕީއިން ޖާބިރު ވަނީ ވަކިވެފައެވެ. އެކަން އީސީއަށްވެސް އޭނާ ވަނީ އަންގާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay