
އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ
ލަނޑު ޖަހަން ނޭނގުނު މީހަކަށް ކުޅުންތެރިން ލައްވާ ލަނޑެއް ނުޖެހޭނެ: ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

އައިޝަތު ޝާނީ - 28 ފެބްރުއަރީ 2023 - 15:04
ޓީމްގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ، ކުޅެ، ލަނޑުޖަހަން ނޭނގޭ މީހަކަށް ޓީމްގެ ކެޕްޓަނަކަށްވެ، ކުޅުންތެރިން ލައްވާ ލަނޑެއް ނުޖެއްސުވޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ބެލެވޭ ގޮތުގައި ރައީސް މުޙައްމަދު ނަޝީދުއަށް ނިސްބަތްކުރައްވައެވެ.
ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް 2008 ވަނަ އަހަރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބް ކާމިޔާބްކުރައްވާފައިއެވެ. އެހެން ނަމަވެސް، 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވަނީ "ބަޣާވާތަކުން"، އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނެއްސައެވެ. ފާހަގަކޮށްލެވޭގޮތުގައި މި ބަޣާވާތުގެ އިސް ސަފުގައި، އޭރު އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކަކުން ވަނީ ބައިވެރިވެފައިއެވެ. އޭގެތެރޭގައި އިމްރާން ޢަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން، މިފަހުން ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ރައީސް މުޙައްމަދު ނަޝީދު ނާކާމިޔާބް ވެވަޑައިގަތުމުން، "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއް ހެއްދުވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އަށް ތާއީދު ނުކުރައްވާނެކަމަށާއި ތާއިދުކުރައްވާނެ ބޭފުޅެއް، ފަހުން އިއުލާންކުރައްވާނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ހަމައެހެންމެ ތާއިދު ކުރައްވާ ބޭފުޅަކު އިޙްތިޔާރުކުރެއްވުމުގައި ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ފަރާތަކަށް އިސްކަން ދެއްވާނެކަމަށް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭގޮތުގައި، މި މޭރުމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވާހަކަފުޅު ދައްކަވާފައިމިވަނީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިންނަވާފާވާތީކަމަށް ބެލެވެއެެވެ.
އިމްރާން އަބްދުﷲ އަކީ 2008ގައި އުފެދުނު އެމްޑީޕީ ސަރުކާރު ވައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް އެއްބުރުން ކާމިޔާބްކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހްގެ ފޯމިއުލާއަކީ ގިނަ ސިޔާސީ ޕާޓީތަކާއިއެކު އިއްތިހާދު ހެދުންކަމަށް އެމަނިކުފާނު ވިދާޅުވެއެވެ. އެގޮތުން އެ މަނިކުފާނުގެ ދައުވަތު ގަބޫލުކުރައްވާ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް( އެމްޑީއޭ ) އިން ވަނީ އިއްތިހާދު ހެދުމަށް ނިންފައިކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން