
ހއ ބާރަށް
ބާރަށުން ސިޔާސީ ޕާޓީތަކަށް ހިލޭ ބިން ދޫކުރަނީ

ޔޫޝައު ހަސަން - 06 އޭޕްރީލު 2023 - 17:54
ހއ. ބާރަށުން ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުްނދާ ސިޔާސި ޕާޓީތަކަށް ހިލޭ ބިން ދޫކުރަން ނިންމައިފިއެވެ.
ސިޔާސި ޕާޓީތަކަށް ބިން ދޫކުރުމަށް އަންގައި ބާރަށު ކައުންސިލުން ކޮސްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 25،000 މީހުން ހަމަވާ ސިޔާސީ ޕާޓީތަކުން ޕާޓީއެއްގައި ބާރަށުގެ ރައްޔިތުންގެ ތެރެއިން އެޕާޓީއެއްގެ ދަފްތަރުގައި 300 މީހުން ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް އެރަށުން ހިލޭ ބިން ދޫކުރެވޭނެ ކަމުގައެވެ.
މީގެ ތެރޭގައި ސިޔާސި އެކި އެކި ހަރަކާތްތައް ހިންގުމަށާއި ޕާޓީތަކުގެ އޮފީސް/ޖަގަހަ ފަދަ ތަންތަން ހެދުމަށް ބިން ދޫކުރުމަށް ހަމަ ެޖހިފައިވާ ކަމަށް އެ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވާގޮތުން ސިޔާސީ ޕާޓީއަކުން ބިން ހޯދުމަށް ބާރަށު ކައުންސިލްގައި އެދިއްޖެ ނަމަ އެބިން ދޫކުރާނީ، އެރަށުގެ ފާސް ކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭން ގައި ބަޔާންކޮށްފައިވާ މިކްސް ޔޫސް ބިންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ބިމެެކެވެ.
ސިޔާސީ ޕާޓީތަކަށް އެރަށުން ދޭން ނިންމާފައި ވާ 1000 އަކަފޫޓަށް ވުރެ ކުޑަނޫން އަދި 2000 އަކަ ފޫޓަށްވުރެ ބޮޑު ނޫން ބިންތައް 15 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރުމަށްޓަކައި ކައުންސިލާއި ބިން ދެވޭ ސިޔާސީ ޕާޓީއަކާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން