logo
މެންޗެސްޓާ ސިޓީ އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން....

މެންޗެސްޓާ ސިޓީ އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން....

ހާލަންޑްގެ ދެލަނޑާއެކު ވުލްވްސް އަތުން ސިޓީއަށް ފަސޭހަ މޮޅެއް

profile

ހަސަން ޝަމްއޫން - 16 އޯގަސްޓު 2025 - 23:58

އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

https://wamco.com.mv/

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމުގެ ޒުވާން ޑިފެންޑަރު ރިކޯ ލުއިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގ ހާލަންޑް އެވެ.

އޭގެ ތިން މިނެޓު ފަހުން ސިޓީގެ މީޑްފީލްޑަރު ތިޖާނީ ރެއިންޑާސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ސިޓީގެ ތިންވަނަ ލަނޑު ފަހުހާފުގެ 61 ވަނަ މިނެޓުގައި ތިޖާނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރަޔާން ޗާކީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay