(2).jpg&w=3840&q=75)
ރާއްޖޭގެ ޖުޑީޝަރީ ހިނގާ ގޮތް ބަލަން އދ.ގެ މަންދޫބަށް ދައުވަތުދީފި

އައިޝަތު އިބްރާހިމް - 10 ޖޫން 2025 - 13:41
ރާއްޖޭގެ ޖުޑިޝަރީ ހިނގާ ގޮތް ބެލުމަށް އދ.ގެ ސްޕެޝަލް ރެޕަޓުއަރއިން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް މާގްރެޓް ސެޓަތްވެއިތަށް ސަރުކާރުން ދައުވަތު ދީފިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސޮއިކުރައްވާ، އެ މައްސަލާގައި ކަންހިނގައި ދިޔަ ގޮތް ބަޔާންކޮށް ރެޕަޓުއަރ ސެޓަތްވެއިތަށް ވަނީ ސިޓީ އެއް ފޮނުވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ދެ ފަނޑިޔާރުން ވަކި ކުރި މައްސަލާގައި ސަރުކާރުން އެއްވެސް ވަރަކަށް އެކަމުގެ ތެރެއަށް ނުވަންނަ ކަމަށެވެ. އެ މައްސަލާގައި ކަންހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވަމުން ވިދާޅުވީ، ރައީސް އަދި ބަންޑާރަ ނައިބު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފަ ނުވާކަމަށާއި، ބަންޑާރަ ނައިބު ތިންވަނަ ފަރާތެއް މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އަށް މެސެޖު ފޮނުވި ކަމަށް ބުނާ ތުހުމަތަކީ ދޮގު ވާހަކައެއް ކަމަށާއ، އަދި ފަނޑިޔާރު އަޒްމިރާލްދާއަށް އިންޒާރު ދިން ކަމަށް ބުނާ ވާހަކައަކީ ވެސް ދޮގު ވާހަކައެއްކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ހުށަހަޅާފަނުވާކަން ފާހަގަކޮށް މި ތުހުމަތުތަކަކީ ހަގީގަތާ ހިލާފު، އަސާސެއްނެތް ވާހަކަތަކެއްކަން ވެސް ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
އެ ސިޓީގައި މިނިސްޓަރު ވަނީ ރާއްޖޭގެ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެ އެކަން ޔަގީންކޮށް ކަށަވަރު ކުރުމަށް ރާއްޖޭގައި ނިޒާމު ހިނގާގޮތް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ސެޓަތްވެއިތަށް ދައުވަތު ދެއްވައިފައެވެ.
މީގެ އިތުރުން ޤާނޫނުގެ ވެރިކަމާއި ޤާނޫނު އަސާސީގެ އެންމެ މަތީ ބާރު ޙިމާޔަތްކުރުމަށް ފަނޑިޔާރުގެއަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަށް ސަރުކާރުން ވެފައިވާ ވައުދު ދެމެހެއްޓުމުގައި އެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަޤާމުން ވަކި ކުރި މައްސަލާގައި ސަރުކާރުން ޖުޑީޝަރީ އަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ފަނޑިޔާރުންނާއި ވަކީލުންނާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އިދާރާތަކުން އަދި އެކި ޤައުމުތަކުގެ ބާ އެސޯސިއޭޝަންތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން އަޑުއުފުލާނެ - ފޮރިން މިނިސްޓްރި
2 އަހަރު ކުރިން

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
2 އަހަރު ކުރިން

ގުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
2 އަހަރު ކުރިން

ބޯޑަރ ސެކިއުރިޓީ އެއްބަސްވުމެއްގައި ސްރީލަންކާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފި
2 އަހަރު ކުރިން