logo

މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައި: އެންޑީއޭ

profile

އައިޝަތު އިނާޝާ - 18 ފެބްރުއަރީ 2025 - 17:21

ނެޝަނަލް ޑްރަގް އެޖެންސީ އެންޑީއޭ އާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިފިއެވެ.

https://wamco.com.mv/

މިއަދު ބޭއްވި އެންޑީއޭގެ ބޯޑުގެ 28ވަނަ ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން މިދާއިރާގައި މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާތަށް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

އެންޑީއޭއިން ބުނިގޮތުގައި މި ބައްދަލުވުމުގައި މުރާޖަޢާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުޙަލާ އަވަސްކުރުމަށްވެސް ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

އަދި މީގެ އިތުރުން ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާ އެކަން ތަންފީޒު ކުރުމަށް މުރާޖަޢާ ކޮމިޓީއަށް ވަނީ އަންގާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މި ވަގުތު އެންޑީއޭއިން ކުރަމުން އަންނައިރު އެ އެޖެންސީ އާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް މިހާރު ވަނީ ވައްދާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ރިހެބިލިޓޭޝަން ފަރުވާ ޢަމާޒުކުރަނީ، މަސްތުގެ ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި އުޅޭ މީހުންނަށެވެ. އެގޮތުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ، މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދަނީ ދެމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay