logo

ސިޓީކައުންސިލުން މާލެތެރެ ސާފުކޮށް ފެހިކުރުމުގެ މަސައްކަތް ކުރަނީ

profile

ޔޫޝައު ހަސަން - 05 މާރިޗު 2023 - 21:15

މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ލިޔެފައިވާ ބޭއަދަބީ ލިޔުންތައް ފޮހުމުގެ މަސައްކަތް ކުރިއަށްދަނީ

މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ލިޔެފައިވާ ބޭއަދަބީ ލިޔުންތައް ފޮހުމުގެ މަސައްކަތް ކުރިއަށްދަނީ

މާލޭ ސިޓީ ކައުްނސިލްގެ ފަރާތުން މާލެތެރެ ފެހިކުރުމަށްޓަކައި ގަސްއިދުމާއި މާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަން ފަށައިފިއެވެ.

އެގޮތުން އެ ކައުންސިލްގެ ފަރާތުންވަނީ މާލޭގެ މައިޒަނެއް ކަމަށްވާ ރައިވެރިބޭ މައިޒާނުގައި ގެއްލުން ލިބި ބާވެފައިވާ ތަންތަން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް މިއަދު ފަށައިގެން ކުރިއަށް ގެންގޮއްސައެވެ.

އަދި ހަމަ އެޔާއެކު މާލޭގެ އެކި ސަރަހައްދުތަކުގެ ފަޅުތެރެއަށް އެޅިފައިވާ ކުނިތައް ނަގައި އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްވެސް އެ ކައުންސިލްގެ ފަރާތުން މިއަދު ކުރިއަށް ގެންދެވިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

މާލޭ ސިޓީކައުންސިލާއި ފުލުހުންނާއި ގުޅިގެން މިއަދުވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ފާރުތަކުގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފުވާހެއް ލިޔެފައިވާ އިބާރަތަތައް ފޮހުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮއްސައެވެ.

މާލެސިޓީ ކައުންސިލާ ދިވެހި ފުލުހުންގެ ޚިދުމަތާއިގުޅިގެން މާލޭގެ އެކި ސަރަޙައްދު ތަކުގެ ފާރުތަކުގައި އާއްމު އިޖުތިމާއީ މިންގަޑާ ޚިލާފަށް ހުރި ކުރެހުންތަކާ ލިޔުންތައް، ފޮހެލުމުގެ މަސައްކަތް ދަނީކުރެވެމުން. @PoliceMv pic.twitter.com/GFgodbVPSE

— Male' City Council (@MaleCitymv) March 5, 2023 " target="_blank"

އަދި މީގެ އިތުރުންވެސް މާލޭއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ސަރަހައްދުގައި ގަސް އިންދައި ފެހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ސިޓީ ކައުންސިލުން އަންނަނީ ނާސަރީއެއް ގާއިމްކޮށް އެތަނުގައި އެކި ބާވަތްތަކުގެ ގަސްތައް އިންދައި އާލާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ އެއްލައްކަ ގަސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ނާރސަރީ ތަކުގެ ތެރެއިން، ހުޅުމާލޭގެ ނާރސަރީ ގެ ގަސްތައް ތަރުތީބުކޮށް ބެލެހެއްޓުން. pic.twitter.com/0ZobVSHIc5

— Male' City Council (@MaleCitymv) March 5, 2023 " target="_blank"

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް މާލޭ ސަރަހައްދިުގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރި ކުރުމުގެ ގޮތުން އެ ކައުންސިިލުން އަންނަނީ މިސްކިތްތައް މަރާމާތުކޮށް އެ ތަންތަނުގައި ކުލަ ލައި ޒީނަތްތެރިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންނެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް މަރާ؛މާރުކުރުމަށްޓަކައި ސިޓީ ކައުންސިލުން ވަނީ ޗާލު މިސްކިތް ނަމުގައި ފަންޑެއްވެސް ބަހައްޓައި ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮއްސައެވެ.

tel:+9607331319