logo

ޕޭމަންޓުތަކުގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި ކުރާ މީހުންނަށް ފަހު އިންޒާރު

profile

ޝުރުފާ މުހަންމަދު - 02 އޯގަސްޓު 2024 - 17:22

އެޗްޑީސީ

އެޗްޑީސީ

ހުޅުމަލޭގެ ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރިކުރާ މީހުންނަށް އެޗްޑީސީން ފަހު އިންޒާރު ދީފި އެވެ.

ހުޅުމާލޭގެ ކެފ ތަކާއި ކިއޮސްކުތަކުން އެ ސަރަހައްދެއްގެ ޕޭމަންޓާއި ޖެހޖު ތެރޭގައި މޭޒާއި ގޮނޑި ޖަހައި، ކެފޭ އުސޫލުން ޚިދުމަތް ދެމުން އަންނާތީ އެކަން ނުކުރުމަށް އެޗްޑީސީން މީގެ ކުރިން ވެސް ތަކުރާރުކޮށް އަންގާފައިވެ އެވެ. އެކަމަކު އެކަމަށް އެއްބާރުލުން ލިބިފައެއް ނުވެ އެވެ. އެތަކެތި ނަގައި ޕޭމަންޓުތައް ހުސްކުރުމަށް އެ ކުންފުނިން އެންމެ ފަހުން އެންގީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އެ ކުންފުނިން ބުނީ މިފަހަރު ވެސް އެޗްޑީސީން އެންގި އެ އެންގުމަށް އެއްބާރުލުން ކަމަށާއި އެހެންވެ, ގޮނޑި މޭޒު ނަގަން ޖެހޭ އެންމެ ފަހު މުއްދަތަކީ މި މަހުގެ 10 ވަނަ ދުވަސް ކަމަށެވެ.

އެ މުއްދަތަށް އެ ތަކެތި ނުނަގައިފި ނަމަ އެޗްޑީސީން އެ ތަކެތި ނަގައި ސާފު ކުރާނެ ކަމަށާއި އެ ކަމުގައި މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިގޮތަށް ގޮނޑި މޭޒު ބަހައްޓައިގެން ކެފޭ ހިދުމަތް ދޭތީ އެކި ގޮތްގޮތުން އާންމުންނަށް ދަތިވާ ކަމަށާއި އެގޮތުން ސުކޫލުތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް މަތީގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕޭވްމަންޓްތަކުގައި ކެފޭ ހިދުމަތް ދޭތީ، ހިނގާ އުޅޭ ފަރާތްތަކަށް ވެސް ދަތިވާ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެ އެވެ.

tel:+9607331319