logo

ސިނާއީ ސަރަހައްދުގައި ޕާކްކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށައިފި

profile

އާމިނަތު ޝަފާ - 31 އޯގަސްޓު 2024 - 14:56

ޕާކުކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތުގެ ތެރެއިން

ޕާކުކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތުގެ ތެރެއިން

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ހިނެމޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި މަދިރި އުފެދޭ ގޮތަށާއި ގަވާއިދާއި ހިލާފަށް ދުވާރު މަތީގައި ތަކެތި ބެހައްޓާފައި ހުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާނެތީ އެތަންތަން ސާފުކޮށް ހުސްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މިހާރު ކުރިއަށްދާކަމަށެވެ.

މީގެ ކުރިން ނެރުނު ބަޔާނެއްގައި އެޗްޑީސީންވަނީ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދުވާރުމަތީގައި، އެކޯޕަރޭޝަންގެ ހުއްދަ ނެތި ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމަށާއި މި ސަރަހައްދުގައ ހުއްދަ ނެތި ބެހެއްޓިފައިވާ ތަކެތި 12 ޖޫން ގެ ކުރިން ނެގުމަށް އަންގާފައެވެ.

މި މުއްދަތުގެ ފަހުން އެސަރަހައްދުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، އެތަކެއްޗާމެދު އެކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށާއި މިމަސައްކަތްކުރުމުގައި ތަކެއްޗާއި ތަކެތީގެ ވެރިފަރާތްތަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެަކީ ރައްޔިތުންނަށް ރައްކާތެރި އަދި ހިތް ފަސޭހަތަނަކަށް ހެދުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

tel:+9607331319