
ބޮޑު ބޯޓު ގެނައުން ފާހަގަކޮށް މޯލްޑިވިއަނުން މާދަމާ އެއާ ޝޯއެއް ބާއްވަނީ

ޝުރުފާ މުހައްމަދު - 05 ޖެނުއަރީ 2025 - 18:22
ގައުމީ އެއާލާއިން މޯލްޑިވިއަން އިން އެ އެއާލައިންގެ ދަތުރުތައް ފުޅާކޮށް، އާ ބޮޑު ބޯޓެއް ގައުން ފާހަގަކުރުމަށް މާދަމާ އެއާ ޝޯއެއް ބާއްވަން ހަމަޖެހިއްޖެ އެވެ.
މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ކުންފުނިން ގެންނަނީ އޭ330 މަރުކާގެ ބޯޓެކެވެ.
މޯލްޑިވިއަން އިން ބުނިގޮތުގައި އެ އާލައިންގެ ފްލީޓަށް ގެންނަ މި އައު ބޯޓު ގެނައުން ފާހަގަކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 2 ސަރަހައްދުގައި އެއާޝޯގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ވީރު 5 އިން 5:30އާ ދެމެދު އެވެ. އަދި ހަރަކާތްތައް އޮންނާނީ ހުޅުމާލެ ފޭސް 1ގެ އިރުމަތީ ސަރަހައްދު ބީޗު، ހުޅުމާލޭ ފޭސް 2ގެ އިރުމަތީ ފަރާތު ބީޗު އަދި މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ފައިސާ ނުދައްކައިގެން މޯލްޑިވިއަން އިން ކޯޓަށް
އަހަރެއް ކުރިން

ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަން އިން ދަތުރުތައް އިތުރުކޮށްފި
7 މަސް ކުރިން

ބޮޑު އަގުގައި ޓިކެޓު ނެގި މީހުންނަށް ރީފަންޑު ކޮށްދޭނަން: މޯލްޑިވިއަން
5 މަސް ކުރިން

ރާއްޖެއަށް އިތުރު ވައިޑްބޮޑީ އެއަރކްރާފްޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފި
5 މަސް ކުރިން