logo

ބޮޑު އަގުގައި ޓިކެޓު ނެގި މީހުންނަށް ރީފަންޑު ކޮށްދޭނަން: މޯލްޑިވިއަން

profile

ޝުރުފާ މުހައްމަދު - 01 ފެބްރުއަރީ 2025 - 13:30

މޯލްޑިވިއަންގެ ބުކިންގ މައްސަލައެއް ދިމާވެފައިވަނިކޮށް ބޮޑު އަގުގައި ޓިކެޓް ނެގި މީހުންނަށް އެ ފައިސާ ރީފަންޑު ކޮށްދޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

https://wamco.com.mv/

އެ ކުންފުނީގެ ބުކިންގ ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ މިއަދު އެ ކުންފުނިން ދޫކުރާ ޓިކެޓުގެ އަގުތައް ވެބްސައިޓުގައި ފެންނަން ހުރީ ވަރަށް ބޮޑުކޮށެވެ.

އެ މައްސަލަ ދިމާވެފައިވާކަން އެއާލައިނަށް ފާހަގަވި ހިސާބުން ފެށިގެން އެއާލައިނުން ވަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ފެންނަން ހުރި ބޮޑު އަގުގައި ޓިކެޓު ނުނަގައި، އެ އެއާލައިނަށް މެއިލްކުރަން ނުވަތަ ހޮޓްލައިނަށް ގުޅުމަށް އެދިފައި ވެއެވެ.

އެކަމާ ގުޅޭގޮތުން އަސްލު ޓީވީއާ ވަހަކަ ދައްމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިހާރު މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުވުމުގެ ކުރިންވެސް ބައެއް ފަރާތްތަކުން ޓިކެޓު ނަގާފައިވާތީ އެ ޓިކެޓުތަކުން އިތުރުފާ ފައިސާ ރީފަންޑު ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރީފަންޑް ޕްރޮސެސްއަށް ދާނީ ކިހާ ވަގުތެއްކަން އަދި ޔަގީން ނުވާ ކަމަށާއި، ވީހާވެސް އަވަހަށް އެކަން ކޮށް ނިންމާނެ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay