logo
—

ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ފައިސާ ނުދައްކައިގެން މޯލްޑިވިއަން އިން ކޯޓަށް

profile

ޝުރުފާ މުހައްމަދު - 02 އޭޕްރީލު 2024 - 09:24

މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރި ދުވަސްވަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވިއަން އެއާލައިން މެދުވެރިކޮށް ކުރި ދަތުރުތަކަށް އެ ޕާޓީން ފައިސާ ނުދައްކާ މައްސަލަ މޯލްޑިވިއަން އިން ކޯޓަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ފައިސާ ނުދައްކާ އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީން ކުރި ދަތުރުތަކަށެވެ. އެއީ މި ނިމުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތައްޔާރީތައް ވަމުން އައި ދުވަސްވަރު. އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

މި މައްސަލަ މޯލްޑިވިއަން އިން ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކުންފުނިން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކި ގޮތް ގޮތުން، އެ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. އެންމެ ފަހުން މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނީ އެ ޕާޓީން މޯލްޑިވިއަން އާއި އެކު އެއްބަސްވުން ހަދާފައި އޮންނަނީ ދަތުރުކުރާތާ ދެ ހަފްތާ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެކަމަކު މި ފައިސާ ނުދައްކާތާ މިހާރު 5 މަސް ވެފައިވާތީ އެ އެއާލައިނުން އެންގީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކުމަށެވެ. އަދި ނުދައްކައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

އެ ސިޓީގައި ވާގޮތުން އެ މަހުގެ 23 އިން ފެށިގެން އޮކްޓޯބަރު 2 ގެ އާ ދެމެދު ކޮންމެ ދުވަހަކު ވެސް އެ ޕާޓީން ދަތުރުތައް ކޮށްފައިވެއެވެ. އެ ދަތުރުތަކުގެ ބިލަށް އެރި ޖުމްލަ 5،629،861 ރުފިޔާގެ ފައިސާ އޮތީ ނުދައްކައެވެ. އެ ފައިސާ އަކީ އެ ޕާޓީން ނަގާފައިވާ ޓިކެޓުތަކާއި ޗާޓަރ ފްލައިޓުތަކަށް ނުދައްކާ ހުރި ފައިސާއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay