
ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު
ޖިހާދުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޝާމާ ޝުޢައިބު - 28 އޮކްޓޯބަރު 2024 - 13:04
ކ. ފުށިދިއްގަރު ފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.
ޖިހާދުގެ މައްޗަށް ކޮށްފައިވާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ބެލެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ޖިހާދުގެ މައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން ނިންމިކަން، ހައިކޯޓުގެ ރަޖިސްޓްރާ މިއަދު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމުން އަންގާފައެވެ.
ޖިހާދަށް ޗިޓު ރައްދުކުރެވޭނެ ގޮތް ސާފުކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ޕީޖީ އޮފީހަށްދީ، ހައިކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ހުށަހެޅުމުން، އެ މައްސަލަ ބޭރުކޮށްލީ، ކޯޓުން ދިން މުއްދަތުގައި ހުށަހަޅާފައި ނުވުމުންނެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 އިންސައްތައިގެ ބަދަލުގައި ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ. އޭރު އޭނާ އަކީ ފިނޭންސް މިނިސްޓަރެވެ.
އެ މައްސަލަ ބޭރުކޮށްލުމަށް ކްރިމިނަލް ކޯޓުން ޖުލައި މަހުގެ 25 ގައި ނިންމީ، ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެންމެ އިންސާފުވެރި ތަހުގީގެއްގެ ތެރެއިން ކަމަށް ނުވާތީ ތަހުގީގުގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންތައްތަކެއް އުނިވެފައިވާ ކަމަށް ބުނެ އެވެ. ކޯޓުން އެ ނިންމުން ނިންމީ، ޖިހާދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެންނެވެ.
ެއެހެންވެ ދައުލަތުގެ ފަރާތުން ވަނީ މި މައްސަލަ ކްރިމިނަލް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. މިކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ޕްރޮސެކިއުޓާ ޖެނެރަލްެގެ އޮފީހުން ބުނީ އެ މައްސަލައިގެ އިސްތިއުނާފް ބިނާކޮށްފައި ވަނީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައިގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމުގެ މައްޗަށެވެ.
ަދައުލަތުން ހައި ކޯޓުގައު އެދިފައިވަނީ އެ މައްސަލައަކީ މައުލޫއީ ގޮތުން މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފާއިތުވީ ދެ ހަފްތާގެ ތެރޭގައި ރާއްޖެއަށް 128 ޕްރައިވެޓް ޖެޓް ޖައްސައިފި
2 ގަޑިއިރު ކުރިން

ދަރިފުޅަށް ދޭ ވަގުތު އިތުރުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީޤުކުރައްވައިފި
13 ގަޑިއިރު ކުރިން

މޯލްޑިވް ގޭސް ވިއްކުން އަނެއްކާވެސް ލިމިޓްކޮށްފި
ދުވަހެއް ކުރިން

"އަލިފާނުގެ ހާދިސާ" މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވަނީ
ދުވަހެއް ކުރިން


.gif&w=3840&q=75)