
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
ރައީސް މުޢިއްޒަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައީސެއް: ނައިބު ރައީސް

ޝާމާ ޝުޢައިބު - 30 އޮކްޓޯބަރު 2024 - 19:32
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަކީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާ ރައީސެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓާއި އެމަނިކުފާނުވެސް ނޫސްވެރިންނާ ބައްދަލުކުރައްވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.
މިއަދު ސަރުކާރުގެ ސިޔާސަތުތަކާއި އެކި ކަންކަމަށް ސަރުކާރުން ކުރާ ހޭދަތަކުގެ މައުލޫމާތު މީޑިއާއަށް ފޯރުވުމެއް ނެތި، ހާމަކުރަމުން ދިޔުމަކީ ވެސް އަޅުގަނޑު ނުހަނު އުފާކުރާކަމެއް: ނައިބު ރައީސް
ނައިބް ރައީސް ވިދާޅުވީ ނޫސްވެރިން ބާރުވެރިކުރުވާއި ކުރިއެރުވުމަަށް ސަރުކާރުން އިސްކަން ދޭ ކަމަށެވެ. އަދި ސަރުކާރުން ނޫސްވެރިންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށާއި ސަރުކާރުން މައުލޫމާތުތައް ސިއްރު ކުރުމުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅޭ ކަމަށެވެ.
ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން އިންތިހާއަށް ފަހިކޮށްދީފައިވާ ކަމަށެވެ.
ނައިބު ރައީސް ވަނީ ނޫސްވެރިންނަކީ މުޖުތަމައުގައި އަގުހުރި މުހިންމު މަސައްކަތެއް ކުރަމުން އަންނަ ހިތްވަރުގަދަ ބައެއްކަން ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މުޖުތަމައަށް އެކި ކަހަލަ މައުލޫމާތު ފޯރުކޮށްދީ، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ސުލޫކީ ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖްތަމައެއް ބިނާކުރުމަށް އެންމެ ބުރަ އެންމެ ބޮޑު މަސައްކަތެއް ކުރާ ބަޔަކީ ނޫސްވެރިން ކަމަށެވެ.
ޚަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންޖެހޭކަމަށް ވިދާޅުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި ހައްސާސް ކަންތައްތަކުގައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށާއި އިންސާނީ ކަރަމާތް ގެއްލޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ނައީބު ރައީސް ވަނީ ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން