logo
އަމީނީ މަގުގައި ތާރު އަޅަން ފެށުން -- ފޮޓޯ| އަޙުމަދު ޝުރާޢު

އަމީނީ މަގުގައި ތާރު އަޅަން ފެށުން -- ފޮޓޯ| އަޙުމަދު ޝުރާޢު

އެމްޓީސީސީން އަމީނީ މަގުގައި ތާރު އަޅަން ފަށައިފި، ސްޓެލްކޯއާ ހަމައަށް މިރޭ ނިންމާނެ!

profile

މުޙައްމަދު މުއައްވަޒު - 14 ފެބްރުއަރީ 2023 - 16:24

މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަމީނީ މަގުގައި ތާރު އަޅަން މިރޭ ފަށައިފި އެވެ.

https://wamco.com.mv/

އަމީނީ މަގުގައި ތާރު އެޅުން ރަސްމީކޮށް ފެށުމުގެ ގޮތުން މިރޭ ހާއްސަ އިވެންޓެއް ބާއްވާފައިވާއިރު، އެމްޓީސީސީން ބުނެފައިވަނީ އަމީނީ މަގުގެ އިރުން ފެށިގެން ސްޓެލްކޯ އާ ހަމައަށް މިރޭ ތާރު އަޅައި ނިންމާނެ ކަމަށެވެ.

undefined

އަމީނީ މަގުގައި ތާރު އަޅަން ފެށުން -- ފޮޓޯ| އަޙުމަދު ޝުރާޢު

އާރުޑީސީ އާ ހަވާލުކޮށްގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ އަމީނީ މަގުގެ ބައެއްގައި ތާރު އެޅުމަށް ސަބްކޮންޓްރެކްޓް އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން އަމީނީމަގު ސެގްމަންޓް 1،2،3 ގައި އެމްޓީސީސީން ތާރު އަޅާނެ އެވެ.

undefined

އަމީނީ މަގުގައި ތާރު އަޅަން ފެށުން -- ފޮޓޯ| އަޙުމަދު ޝުރާޢު

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން 84.4 މިލިއަން ރުފިޔާއަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ 12 ސެޕްޓެމްބަރު 2022ގައެވެ.

undefined

އަމީނީ މަގުގައި ތާރު އަޅަން ފެށުން -- ފޮޓޯ| އަޙުމަދު ޝުރާޢު

https://wamco.com.mv/
https://www.aslu.com.mv