
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި

މުޙައްމަދު ފަޟްލޫން - 22 ޖެނުއަރީ 2026 - 09:12
މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށައިފިއެވެ.
މި އަހަރުގެ ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއަރ އާއި ގުޅިގެންނެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ، 21 ޖެނުއަރީ 2026 ވަނަ ދުވަހުގެރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައެވެ.
މި ހަފްލާޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ.
މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގައެވެ.
ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
މަކިޓާގެ ބައެއް ޓޫލްސް ތަކަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހަރޑްވެއަރ އާއި ވެސް ގުޅިގެންކަމުން، ވެލިގާ ހަރޑްވެއަރ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރި ތަކުން ކޮންމެ 500 ރުފިޔާ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.
ކޫޕަން ތަކުން ނެގޭ ލަކީ ޑްރޯ އަކުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ. އެގޮތުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ ގެ ވައުޗަރެއް، 2 ވަނައަށް ހޮވޭ ފަރާތަކަށް 20،000ރ ގެ ވައުޗަރެއް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން ހަމަޖެހިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް:
އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ
މާލެ މަކިޓާ ޝޯރޫމް
ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމް
މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއަރ އައުޓްލެޓްތައް
މީގެ އިތުރުން އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓްއަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް މި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
މި ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތައް ބައްލަވައިގަންނަ ފަރާތްތަކަށްވެސް ލަކީ ޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 22 ޖެނުއަރީ 2026 ން ފެށިގެން 26 މާރިޗު 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވްސް ގޭސްގެ އެމްޑީގެ މައްޗަށް ރިޝްވަތު ދައުވާ ސާބިތެއްނުވި
ސިކުންތުކޮޅެއް ކުރިން

ބަނގުރާ ވިއްކައިގެން 4 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
ސިކުންތުކޮޅެއް ކުރިން

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ މާސްޓަރ ޕްލޭންއަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
މިނިޓެއް ކުރިން

"ޓޭކިންގ ދަ ލީޑް - ވިމެން އިން ޕޮލިޓިކްސް" ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި
މިނިޓެއް ކުރިން


