
އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ޝަހްޒާ މުޙައްމަދު - 28 އޮކްޓޯބަރު 2025 - 06:16
2025 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,804,515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާތަރްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 3 ލައްކައާ ގާތްކޮށްފައެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް މުޅި ޖުމްލަ 291,573 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ޗައިނާގެ އިތުރުން ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ޤައުމުތަކަކީ ރަޝިޔާ އަދި އިނގިރޭސިވިލާތެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި ގައުމުތަކަށަބަލާ އިރު ޗައިނާ އިން 291,573 ފަތުރުވެރިން ، ރަޝިއާ އިން 223,857 ފަތުރުވެރިން ، އިނގިރޭސިވިލާތުން 159,615 ފަތުރުވެރިން ، ޖަރުމަންވިލާތުން 132,349 ފަތުރުވެރިން އަދި އިޓަލީވިލާތު 119,261 ފަތުރުވެރިންގެ އިތުރުން އިންޑިއާއިން 104،500 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިން ތިބި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ތިބީ ރިސޯޓުތަކުގައެވެ. އެއީ 78.3 އިންސައްތައެވެ. ގެސްޓްހައުސްތަކަށް 18.6 އިންސައްތަފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ހޮޓާތަކަށް 2.0 އިންސައްތަ އަދި ސަފާރީ އުޅަނދުތަކަށް 1.1 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އޮކްޓޯބަރު 27 ގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 115،54 ފަތުރުވެރިކަމުގެ މަރުކަޒު ހިންގަމުންދާއިރު، އެ ތަންތަނުގައި ޖުމްލަ 64,994 އެނދު ޤާއިމުކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ރިސޯޓުތަކަށެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.






