
މި މަހުގެ މިހާތަނަށް 78،404 ފަތުރުވެރިން ރާއްޖެ އައިސްފި

އަލީ ޝާމިލް ހަސަން - 14 މާރިޗު 2023 - 11:36
މި ހިނގާ މާޗް މަހުގެ 13ވަނަ ދުވަހާ ހަމަޔަށް އެކަނި ވެސް 78،404 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ ދުވަހު ތަފާސް ހިސާބު ދައްކާ ގޮތުން ފާއިތުވި 2އަހަރުގެ ފުރަތަމަ 2 މަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ވެސް، މި މުދައްތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި އަހަރުއެވެ.
2021 – ޖެނުއަރީ: 92،103
2022 – ޖެނުއަރީ: 131،765
2023 – ޖެނުއަރީ: 172،499
2021 – ފެބްރުއަރީ: 96،882
2022 – ފެބްރުއަރީ: 149،011
2023 – ފެބްރުއަރީ: 177،914
މި ހިނގާ މާޗް މަހުގެ ތޭރަވަނަ ދުވަހާ ހަމަޔަށް 78،404 ފަތުރުވެރިން ރާއްޖެ އައި އިރު، މިއީ %20.7 ގެ ކުރިއެރުމެކެވެ. އެ ގޮތުން މާޗް މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މަހުގެ 4ވަނަ ދުވަހުއެވެ. އެއީ 7،381 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިން އެވަރެޖް އަށެއްކަ ދުވަސް ރާއްޖޭގައި ހޭދަ ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ މާޗް މަހުގެ ތޭރަވަނަ ދުވަހާ ހަމަޔަށް ހަތަރު 428،817 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2021ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1،321،937 ފަތުރުވެރިންނެވެ. 2022ވަނަ އަހަރު 1،675،303 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. 2021ވަނަ އަހަރަށްވުރެ 2022ވަނަ އަހަރު އިތުރަށް 353،366 ފަތުރުވެރިން ރާއްޖެ އައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ރަޝިޔާއިންނެވެ. މާޗް މަހުގެ 13ވަނަ ދުވަހާ ހަމަޔަށް 53،297 ފަތުރުވެރިން ރަޝިޔާއިން ރާއްޖެ އައެއެވެ. ފަތުރުވެރިކަމުގެ މާކެޓްގެ %12.4 ޙިއްސާ ކުރަނީ ރަޝިޔާއިންނެވެ. 2022ވަނަ އަހަރު ރަޝިޔާއަކީ 2ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ޤައުމެވެ.
2ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ އިންޑިއާއިންނެވެ. އެ ގޮތުން މާޗް މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް 46،400 ފަތުރުވެރިން އިންޑިއާއިން ރާއްޖެ އައިސްފައިވެއެވެ. ދިވެހި ފަތުރުވެރިކަމުގެ މާކެޓްގެ %10.8 ޙިއްސާ ކުރަނީ އިންޑިއާއިންނެވެ.
3ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންމުންދަނީ އިނގެރޭސިވިލާތުންނެވެ. މާޗު 13ވަނަ ދުވަހުގެ ނިޔަލަށް 40،143 އިނގެރޭސި ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ފަތުރުވެރިކަމުގެ ނުވައެއް %9.4 ޙިއްސާ ކުރަނީ އިނގެރޭސިވިލާތުންނެވެ.
ދިވެހިރާއްޖޭގައި 172 ރިޒޯޓް ހުރި އިރު، އޭގެ ތެރެއިން 168 ރިޒޯޓެއް އަންނަނީ ހިންގަމުންނެވެ. ރިޒޯޓްތަކުން ފަތުރުވެރިކަމުގެ 41،945 އެނދު ޙިއްސާ ކުރެއެވެ. އޭގެ ތެރެއިން 41،049 އެނދު ބޭނުން ކުރެވެމުންދެއެވެ.
ރާއްޖޭގައި 891 ގެސްޓްހައުސް ހުރި އިރު، 14،588 އެނދު ގެސްޓްހައުސްތަކުން ޙިއްސާ ކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


