
ގަވާއިދާ ހިލާފަށް ޕާކްކޮށްފައިހުރި ވެހިކަލްތަކެއް ހުޅުމާލެއިން ޓޯކޮށްފި

މުޙައްމަދު ފަޟްލޫން - 20 ޖެނުއަރީ 2026 - 07:03
ހިނގާބިނގާވެ އުޅޭ މީހުންނަށާއި އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި 50 އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ.
ހުޅުމާލޭގެ މަގުމަތިން އުޅަނދުތައް ޓޯކޮށްފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ހުންނަ އުޅަނދުތައް ނެގުމަށް ކުރިއަށްގެންދާ ޚާއްޞަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 50 އުޅަނދެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އުޅަނދުތަކުގެ ތެރެއިން 48 އުޅަނދެއް ޖޫރިމަނާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 43 އުޅަނދާއި ހަތަރު ފުރޮޅުލީ 5 އުޅަނދެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވައި ފުލުހުން ބުނީ ވަކިން ޚާއްޞަކޮށް ސައިކަލު ފަދަ ދެ ފުރޮޅުލީ އުޅަނދުތައް ނުގަވާއިދުން ޕާކުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އާންމުންނަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް މަގުމަތިން ނެގުމުގެ މަސައްކަތް މެދުނުކެނޑި ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕާކްކުރަން ކަނޑައަޅާފައިވާ ތަންތަނުގައި ޕާކްކުރުމަށް ފުލުހުން ދަނީ އާއްމުންނަށް ހަނދާންކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންސާނީ ހައްޤުތަކުގެ ހާލަތު ވަޒަން ކުރާ، ޔޫޕީއާރް ބައްދަލުވުމުގައި ރާއްޖޭގެ ވަފުދެއް
3 ގަޑިއިރު ކުރިން

އަނެއްކާ ވެސް ބައެއް ހިސާބުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު
4 ގަޑިއިރު ކުރިން

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ޝާކިރު
4 ގަޑިއިރު ކުރިން

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 68 ޕަސެންޓް މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން


