logo

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 68 ޕަސެންޓް މަސައްކަތް ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 ޖެނުއަރީ 2026 - 07:02

ށ ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 68 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

https://wamco.com.mv/

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރޮކް ބޯލްޑަރ ރިވެޓްމެންޓް ޕްރޮފައިލިންގ ގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 12145 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 670 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 7800 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަހައްދަކަށް ވެލި އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 60 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ 18.56 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay