
މާލެއަށް ވިއްސާރަ ކުރި ދުވަހެއްގެ މަންޒަރެއް
ރާއްޖޭގެ ބޮޑުބަޔަކަށް އަނެއްކާވެސް މޫސުން ގޯސްވެއްޖެ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 31 އޯގަސްޓު 2024 - 06:31
ރާއްޖޭގެ ބޮޑުބަޔަކަށް އަނެއްކާވެސް މޫސުން ގޯސްވެއްޖެއެވެ.
22 އޯގަސްޓު 2024ގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން އަލިވުމަށް ފަހު ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރަން ފަށާފައިމިވަނީ 30 އޮގަސްޓް 2024ގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ހަތަރު ދުވަހުވެސް އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެއެވެ. އަދި ރާއްޖޭގެ ދެކުނަށް ކެރީގެ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
31 އޯގަސްޓް 2024 ގެ 8:00 އިން 1 ސެޕްޓެމްބަރު 2024ގެ 8:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި، އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ.
ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރަނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ބުނެފަައެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވެގެން ދަތުރުތައް ރޭވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނޣު މޫސުމުގެ ވިއްސާރައެވެ. ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން