logo

ވިއްސާރަ: ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް ރައީސްގެ ޚާއްސަ ޓާސްކް ފޯސްއެއް

profile

އައިޝަތު އިނާޝާ - 13 އޯގަސްޓު 2024 - 23:22

ރައީސް މުއިއްޒު

ރައީސް މުއިއްޒު

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި ޓާސްކް ފޯސް އުފައްދަވައިފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ ކަމަށެވެ. އަދި ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި ކަމަށެވެ.

މި ޓާސްކްފޯސް ޗެއަރ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މިޓާސްކްފޯސްގައި ދެން ހިމެނި ވަޑައިގަންނަވަނީ:

1- މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް

2-ޢަލީ އިޙްސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

3-ޑރ. އިސްމާޢީލް ޝަފީޢު - މިނިސްޓަރ އޮފް އެޑިޔުކޭޝަން

4-ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް

5-ޠާރިޤް އިބްރާހީމް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

6-އާދަމް ޝަރީފް ޢުމަރު - މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

7-ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް

8-ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ

9-ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ކުރިިމަތިވެފައެވެ.

މުސުމާބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. ކަނޑުތައް ގަދަވެފައި ރާޅުގެ އުސް މިން ހުންނާނީ 6 ފުޓާ 9 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށް މެޓުން ބުނެފައިވާއިރު ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީން ވަނީ އިލްތިމާސްކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319