logo

އިގްތިސޯދު ސިންދަފާތު ކުރުމަކީ ހަމައެކަނި އަމާޒެއް ނޫން، ކުރަން މަޖުބޫރު ކަމެއް: ރައީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 ސެޕްޓެމްބަރު 2024 - 22:09

އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ ސިޑްސްގެ ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ (ފޮޓޯ: ރައީސް އޮފީސް)

އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ ސިޑްސްގެ ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ (ފޮޓޯ: ރައީސް އޮފީސް)

ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަކީ ހަމައެކަނި ސަރުކާރުގެ އަމާޒެއް ނޫން ކަމަށާއި، އެއީ ކުރަން މަޖުބޫރުވެފައި އޮތް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގައި ކުރިއަށްދިޔަ "ސިޑްސް"ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ސިޑްސްގެ ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ރައީސް ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދަރަނި މެނޭޖްކުރުމާއި ދެއްކުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އިގްތިސޯދު ޑައިވާރ ސިފައިކޮށް ،ސިންދަފާތުކުރުމަކީ ހަމައެކަނި ސަރުކާރުގެ އަމާޒެއް ނޫނެވެ. އެއީ ބަދަލުވަމުން އަންނަ ދުނިޔޭގެ އިގްތިސޯދުގައި ދެމިއޮތުމަށްޓަކައި ރާއްޖެ ފަދަ ކުދި ގައުމުތަކުން ކޮންމެހެން ވެސް ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އެކަން ކުރެވޭނީ ސިޑްސްގެ ގައުމުތަކުގެ އުފެއްދުންތެރިކަމުގެ ކެޕޭސިޓީ އިތުރުކޮށްގެން ނެވެ.

އިގްތިސޯދުތައް ސިންދަފާތު ކުރެވޭނީ އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގެން ކަމަށާއި، ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގައި ދައްކަން ޖެހޭ ދަރަނިތައް އިތުރުވެ، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެއިތުރުން ދަރަނި ދެއްކުމުގައި ލިބޭ ލުއިތަކާއި ކްލައިމެޓް ފައިނޭންސްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި، އަދި ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ސްޕެޝަލް ޑްރީވިލް ރައިޓްސްގެ ދަށުން އެހީ ދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

ބިލްޑިން ރެޒިލިއަންޓް ފިއުޗަރ : ދަ ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް ބައްދަލުވުމަކީ، އދގެ އާއްމު މަޖިލީހުގެ ކުރިން ބާއްވާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާ ބަދަލުވުމެކެވެ.

މިއީ ރައީސް ޑރ. މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ރައީސް އދ.ގެ އާޢްމު މަޖިލީހުގެ 79 ވަނަ ބައްދަލުކުރެއްވުމުގައި ތަގްރީރްކުރެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު ވާ އަންގާރަދުވަހުއެވެ. އެ މަނިކުފާނު ތަގްރީރްކުރެއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގަނޑިން ގާތްގަނޑަކަށް 11 ޖަހާކަންހާއިރުއެވެ. ދިވެހިރާއްޖެ އދ.ގެ މެންބަރު ޤައުމަކަށް ވިތާ 59 އަހަރު ފުރޭ މުނާސަބަތެއެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އދ ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެއެވެ.


tel:+9607331319