
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް
ގިނައިން ދުންފަތުގެ އިސްތިއުމާލުކުރަނީ ދަށް ފަންތީގެ އާބާދީތައް: މެމްބަރު މުސްތަފާ

މަރްޔަމް އުމްނާ އިސްމާޢީލް - 22 އޮކްޓޯބަރު 2024 - 06:09
ދުންފަތުގެ އިސްތިއުމާލުކޮށް ގިނައިން އުޅެނީ އާދައިގެ، ދަށް ފަންތީގެ އާބާދީތަކުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މެމްބަރު މިގޮތަށް ވިދާޅުވީ، ދުންފަތާއި އޭގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ ރާއްޖޭގައި ވޭޕް ބޭނުންކުރުން އިތުރުވެ ފުޅާވެގެންދިޔައީ ސިނގިރޭޓުން ނަގަމުން އައި ޓެކްސް ބޮޑުކުރުމުން އެއަށް ވުރެ އަގު ހެޔޮ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަންތައްތައް މިހާރު ބޮއްސުންލާފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ކުޑަކުދިންނާއި، އާދައިގެ ދިރިއުޅުމެއް އުޅޭ މީހުން އެކަމަށް ހުށަހެޅޭ ވަރު ކުޑަކުރެވޭނެ ކަމަށެވެ.
"ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީއަކީ ދަށް ފަންތީގެ އާބާދީއެއް. އުފައްދާ ގައުމުތަކަކުއެއް ނޫން ބޭނުންކުރަނީކީ، އުފައްދާ ގައުމުތަކަށް ވުރެ ގިނައިން ބޭނުންކުރަނީ މިސަރަހައްދުގައި ވެސް ހުރި އާދައިގެ ކުދި ދަށް ފަންތީގެ ގައުމުތަކުން މި ބޭނުންކުރާ މިންވަރު އިތުރުވެގެންދާކަން އަޅުގަނޑުމެން ރިސާޗްކޮށްލީމަ ފެނިގެންދިޔައީ" މެމްބަރު މުސްތަފާ
މެމްބަރު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވަނީ ކޮންމެހެންވެސް ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.
އެ އިސްލާހުގައި ހިމަނާފައިވަނީ އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނެގުމަށެވެ. އަދި އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކޮށް، ޑިސެމްބަރު 15 ގެ ފަހުން އެތަކެތި ރާއްޖޭގައިބޭނުންކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން