logo

ޝަރަފުވެރިކަމުގެ ގައުމީ އިނާމު 7 ބޭފުޅަކަށް

profile

ޝުރުފާ މުހަންމަދު - 04 ސެޕްޓެމްބަރު 2024 - 12:03

މި އަހަރު ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، ކުންފުންޏަކަށް ދެއްވައިފި--- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، ކުންފުންޏަކަށް ދެއްވައިފި--- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 7 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް ދެއްވައިފި އެވެ.

މި އިނާމުތައް ދެއްވީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިއަދު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންނަކީ

1. ދެމިހުންނަނިވި ހާއްސަ ހިދުމަތެއްކުރުމުގެ ދާއިރާއިން: އަލްމަރްޙޫމް މުހަންމަދު ތައުފީގުގެ ހަނދާނަށް،
2. ސިއްހީދާއިރާއިން: ޑޮކްޓަރ ޢަބްދުލްއަޒީޒު ޔޫސުފް،
3. ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން: މުޙައްމަދު މާޖިދު
4. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން: މޫސާ ލަޠީފް
5. ކުޅިވަރުގެ ދާއިރާއިން: މުޙައްމަދު ނާޞިރު
6. ކުޅިވަރުގެ ދާއިރާއިން: އަޙްމަދު މުޙައްމަދު

7. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން: ހަސަންމަނިކު

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 10 ބޭފުޅަކަށާއި، ކުންފުންޏައަކީ:
1. ކީރިތި ގުރްއާން އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން: އަލްގާރީ އަހުމަދު އިބްރާހީމް
2. ކީރިތި ގުރުއާން އުނގަންނައިދިނުމާއި، ކީރިތި ގުރުއާނުގެ އިލްމުގެ ދާއިރާއިން: އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް
3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އައްޝައިހު އިއްޒައްދީން އަދުނާން،
4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އައްޝައިޚް އަޙްމަދު މައުމޫން،
5. ތައުލީމީ ދާއިރާއިން، ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާއީލް ސާޖިދު
6. މަސްވެރިކަމުގެ ދާއިރާއިން: އިބްރާހީމް ތައްޚާނު
7. ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން: ރިޔަން ޕްރައިވެޓް ލިމިޓެޑް
8. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: ޢާމިރު މަންޞޫރު
9. ބޯޓް ބިލްޑިންގގެ ދާއިރާއިން: ޢަބްދުއްރަޙްމާނު ޔޫސުފު
10. ކަލިނަރީ އާރޓްސްގެ ދާއިރާއިން: ފާޠިމަތު ޢުމަރު
11. ޒުވާނުންގެ ދާއިރާއިން: ޙުސައިން ޢަލީ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

tel:+9607331319