logo

ބިދޭސީންގެ ފީ ގަވައިދުން ދައްކާ 20 ކުންފުންޏެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 16 އޯގަސްޓު 2024 - 12:09

ބިދޭސީން--- ފޮޓޯ: މިހާރު

ބިދޭސީން--- ފޮޓޯ: މިހާރު

ބިދޭސީ މުވައްޒަފުންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ގަވާއިދުން ދައްކަމުންދާ 20 ކުންފުންޏެއް ހިމެނޭ ލިސްޓެއް ހޯމްލޭންޑް މިނިސްޓްރީން މިރޭ އާއްމުކޮށްފި އެވެ.

ބިދޭސީންގެ ފީ ދައުލަތަށް ގަވާއިދުން ނުދައްކާ ކުންފުނިތަކުގެ ލިސްޓު އާއްމުކުރަން ނިންމައި އެ ފަދަ ލިސްޓެއް އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ ހުސްވި ޖުލައި މަހުގެ 24 ގަ އެވެ. ބިދޭސިންނާ ގުޅޭ ފީތައް ނުދައްކާ ކުންފުނިތައް އާންމުކުރި އިރު ގަވައިދުން ފީ ދައްކަމުންދާ ކުންފުނިތައް ވެސް އެ ލިސްޓުގައި އާންމުކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިރޭ ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ އެ ކުންފުނިތައް އެ ލިސްޓުގައި ހިމެނުނީ، ކުރީގެ ލިސްޓު ނެރުމާ ހަމަޔަށް ދައުލަތަށް ދައްކަން ޖެހޭ އަދަދު 1 ލައްކަ ރުފިޔާ އަށް ވުރެ އިތުުރުވުމުގެ ސަބަބުން ކަމަށެވެ.

އެ ލިސްޓުގައި ހިމެނެނީ:

  • އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

  • އަންގިރި ރިސޯޓްސް މެނޭޖްމެންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް

  • ބްރެނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  • ޗިކާނޯ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް

  • އީސްޓް ކޯސްޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

  • ގޭޖް ޕްރައިވެޓް ލިމިޓެޑް

  • ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް

  • ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް

  • އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

  • މަހޯގަނީ ޕްރައިވެޓް ލިމިޓެޑް

  • ޕެސްޓެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  • ޕްރިސްޓީން އައިލެންޑް އިންވެސްޓްމަންޓް

  • ރެޑްވޭވް ޕްރައިވެޓް ލިމިޓެޑް

  • ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް

  • ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް

  • އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

  • ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް

  • ޔުނިވާސަލް އެންޓަޕްރައިޒެސް ޕްރައިވެޓް ލިމިޓެޑް

  • ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް

  • ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

" މި އިއުލާނާ އެކު އާއްމު ކުރެވިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފީތަކާއި ގުޅިގެން ގަވާއިދުން ދައުލަތަށް ދައްކަން ޖެހޭ ފީތައް ދައްކަމުންދާ ފަރާތްތަކެވެ" މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ ބިދޭސީންގެ ފީ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުން، ނުދައްކާ ހުރި ފައިސާގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 183 މިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށެވެ.

tel:+9607331319