logo

އިންތިހާބުގެ ވަގުތީ ނަތީޖާ ބަލައިގަންނަން: ރައީސް ޑރ މުއިއްޒު

profile

މުޙައްމަދު ފަޟްލޫން - 05 އޭޕްރީލު 2026 - 07:57

އިންތިހާބުގެ ވަގުތީ ނަތީޖާ ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްުޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މުޅި ރާއްޖޭގައި ކުރިއަށް ދިޔަ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ނަތީޖާ، އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދެއްވާފައެވެ.

އިއްޔެ ބޭއްވުނު އިންތިހާބުގެ މެޖޯރިޓީ ވޯޓް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީ އިންނެނެވެ. އެމްޑީޕީ އިން ވަނީ ހުރިހާ ސިޓީ ތަކެއްގެ މޭޔަރުންގެ މަގާމު ދިފާއު ކޮށްފައެވެ. އަދި އެމްޑީޕީ އިން ވަނީ މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގުނު ވޯޓްގައި ގިނަ އަދަދެއްގެ ރައްޔިތުން ދެ އިންތިހާބު އެކީ އެއްދުވަހެއްްގައި ބާއްވަން ވަނީ ދެކޮޅު ހަދާފައެވެެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk