logo

ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމަށް އަހުމަދު މުހައްމަދު

profile

ރިޟްވާން މޫސާ - 05 އޭޕްރީލު 2026 - 08:04

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރަކަށް އެސިސްޓެންޓް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު އައްޔަން ކުރައްވައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް ގެ މަގާމަށް ހުޅުވާލުމުން ތިން ބޭފުޅަކު މި މަގާމަށް ކުރިމަތިލައްވާފައި ވެ އެވެ. އެއީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.

https://wamco.com.mv/

އަޙްމަދު މުޙައްމަދު ކޮމިޝަނަރގެ މަޤާމަށް އައްޔަން ކުރައްވާފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.


ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން ކުރައްވާ އެންމެހައި މަސައްކަތްޕުޅުތަކުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އެ ޚިދުމަތުން ވަނީ އަރުވާފައެވެ.


ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ 1995ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. އޭނާއަކީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ފުލުހެކެވެ.

މީގެއިތުރުން، އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައި.ޕީ.އެސް ޕްރޮބޭޝަނަރސް ބޭސިކް ޓްރޭނިންގ ކޯހުގެ އިތުރުން، ސީނިއަރ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އަޙްމަދު މުޙައްމަދު ވަނީ ފުރިހަމަކުރައްވާފައެވެ.

ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ އަދި ބެޗްލަރ އޮފް ޝަރީއާ (އޮނަރސް) ހާސިލުކުރައްވާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk