
އޯޓިޒަމް ހުންނަ ފަރާތްތައް މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ: މެޑަމް ސާޖިދާ

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 16:12
އޯޓިޒަމް ހުންނަ ފަރާތްތައް މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ ނުވަތަ އޯޓިޒަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ދުވަހާއި ގުޅިގެނެވެ.
އެކަމަނާ ވިދާޅުވީ އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.
މިއަދު އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމަށްވުރެ ފުޅާކުރަންޖެހޭ ކަމަށާއި، ނިއުރޯޑައިވާސިޓީ ނުވަތަ ސިކުނޑީގެ ތަފާތުތައް ބަލައިގަނެ، ދައުލަތުގެ ސިޔާސަތުތަކުން އެކަން ފެންނަން އޮންނަންޖެހޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ، އެންމެންނަށްވެސް ބައިވެރިވެވޭފަދަ ދެމެހެއްޓެނިވި ތަރައްގީއެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެގޮތުން އޯޓިޒަމް ހުންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ތައުލީމާއި، ސިއްހީ ހިދުމަތްތަކާއި، ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ސާޖިދާ ވިދާޅުވިއެވެ.
އަދި މިފަދަ ހުރަސްތައް ނައްތާލުމުން ނޫނީ ކޮންމެ މީހަކަށްވެސް ހަމަހަމަ ހައްގުތަކާއި މިނިވަންކަމާއެކު އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީގެ މެސެޖުގައި، އޯޓިޒަމް ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިފަދަ ކުދިންނާއި މީހުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ މުޖުތަމައުގެ ކުރިއެރުމަށް އެޅޭ މުހިންމު ކަމެއް ކަަމަށް ސާޖިދާ ވިދާޅުވިއެވެ.
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ނުވަތަ އާންމު ނަމުން ނަމަ އޯޓިޒަމް އަކީ، ސިކުނޑީގެ ނާރުތަކުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން، މުއާމަލާތް ކުރުމާއި ކަންކަން ދެނެގަތުމުގައި ތަފާތުތަކެއް ކުރިމަތިވާ ސިއްހީ ހާލަތެކެވެ.
މިއީ ކުއްޖާ އުފަންވާއިރުވެސް ހުންނަ، އަދި މުޅި އުމުރަށް ދެމިގެންދާ ހާލަތެކެވެ. އޯޓިޒަމް އަކީ ބައްޔެއް ނޫންކަމަށް ވީހިނދު، މިކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށްޓަކައި ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 2 ވަނަ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ ފާހަގަކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑް 2025 ދީފި
4 ގަޑިއިރު ކުރިން

2025 ވަނަ އަހަރު ޓީޓިގެ މުއާމަލަތްތަކަށް ބޭނުންވާ ޑޮލަރަށް %50 އާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2024 ވަނަ އަހަރާ ބަލައިރު ބޮޑު ކުރިއެރުމެއް: ޝަރީފް
4 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ސިނާއަތަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް
4 ގަޑިއިރު ކުރިން

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)