logo

ޑަބްލިޔުޑީސީ ރައީސާއިންނަށް މުސާރަ ބޮޑު ކުރީ މަގާމުގެ މަސްއޫލިއްޔަތައް ބެލުމަށްފަހު: ނިމާލު

profile

އާމިނަތު ޝަޒްލާ - 22 މޭ 2026 - 11:47

ޑަބްލިޔުޑީސީ ރައީސާއިންގެ މުސާރައަށް ގެނެވުނު ބަދަލަކީ އަންހެނުން ބާރުވެރިކުރުވުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނިމާލް މިފަދައިން ވިދާޅުވީ ޑަބްލިޔުޑީސީ ރައީސާއިންނަށް ދެމުންއައި މުސާރަ ކުޑަ ކުރުމާ ގުޅިގެންނެވެ.

މި މުސާރަ ކުޑަކޮށްފައިވަނީ އާންމުންގެ ތެރެއިން ގިން ބައެއްގެ ފާޑު ކިޔުމާއި ގުޅިގެންނެވެ.

އެންމެ ފުރަތަމަ ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންގެ މުސާރަގެ ގޮތުގައި ހަމަޖެއްސީ 41,000 ރުފިޔާއެވެ.

އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައެއްގެ ގޮތުގައި 21,000 ރުފިޔާއެވެ.

އެއަށް އަމާޒުުވި ފާޑުކިޔުންތަކާއި ގުޅިގެން ފަހުން ޕޭ ކޮމިޝަނުން ވަނީ ސިޓީތަކުގެ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 20،000ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 15،000ރ. ދިނުމަށް ނިންމާފައެވެ.

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ އެލަވަންސް ބޮޑުކުރީ 7،000ރ. އަށް ކަމަށާ ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ އެލަވަންސް ބޮޑުކުރީ 6،000ރ. އަށް ކަމަށް ނިމާލު ވަނީ ބުނެފައެެވެ.

އަދި ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ އެލަވަންސް 5000ރ އިން 6000ރއަށް ބޮޑުކުރިއިރު، ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ އެލަވަންސް 4000ރ އިން 5000ރއަށް ބޮޑުކޮށްފައިވާކަމަށް ނިމާލް ވަނީ ވިދާޅުވެފައެވެ.

ފާއިތުވެދިޔަ ދައުރު ތަކާއި ޚިލާފަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ވަޒީފާއަކީ މިހާރު ފުލްޓައިމް ވަޒީފާއެއް ކަމަށާއި، އެހެންކަމުން، އެ ވަޒީފާ އަދާކުރަމުން ސިވިލް ސާވިސްގެ އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށާއި، އަދި ޑަބްލިޔުޑީސީގެ މުސާރައަށް ގެނެވުނު ބަދަލަކީ އަންހެނުން ބާރުވެރިކުރުވުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަންވެސް ނިމާލު ވަނީ ފާހަގަކުރައްވާފައެވެ،

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk