
ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއް، ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ: ޚުޠުބާ

އާމިނަތު ޝަޒްލާ - 22 މޭ 2026 - 11:46
ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށާއި، އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޞޫއަކީ "ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް" މިއެވެ.
ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށާއި، އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ ކަމަކާއި، އެ ކަމުގައި ދަތުރުފަތުރު ހިމެނޭ ކަމަށާއި، އަދި ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނޭ ކަމަށް ވަނީ ޚުޠުބާގައި ބުނެފައެވެ. އެހެންވުމުން އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫރައްކާތެރިކޮށް، މަޑުމައިތިރިވެ ޝަހުވާނީ އެދުންތަކުން ދުރުހެލިވެ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ޙުޠުބާގައި ވަނީ ނަސީހަތްތެރިވެފައެވެ.
ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ޙަޤީޤަތަކީ ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަމަށާއި، ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތިކުރަމުންދާ ކަމަށް ވަނީ ޚުތުބާގައި ބުނެފައެވެ.
ޙައްޖަކީ ގުނައި ޢަދަދުކުރެވޭ މަދު ދުވަސްކޮޅެއްގައި ކުރެވޭ އަޅުކަމެކެވެ. އެ މޫސުމުގައި މާތް الله ހަދުމަކޮށް ތަކުބީރުކިޔައި އުޅުމަށް އަންގަވައިފައި އޮތް ބަސްފުޅުގައިވާ ފަދައިން، ތިމާގެ މުދާ ހޭދަކޮށް، ތިމާގެ އަހުލުވެރީންނާއި، ވަޒަންދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަޝްޣޫލުވެ، އެ ކަމުގައި ޙައްޖާޖީން ވަގުތު ހޭދަކުރެއެވެ. އެކަލާނގެ ގެފުޅުގައި ޠަވާފުކުރެއެވެ.
ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރެއެވެ. ދަމު ނަމާދާއި، ޟުޙާ ނަމާދުކުރެއެވެ. ޒިކުރުކުރުމާއި، ޤުރުއާންކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ޙައްޖު މޫސުމުގެ ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެ، ޙަރަކާތްތެރިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އައްޑޫ އަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ޑަބްލިޔުޑީސީ ރައީސާއިންނަށް މުސާރަ ބޮޑު ކުރީ މަގާމުގެ މަސްއޫލިއްޔަތައް ބެލުމަށްފަހު: ނިމާލު
ގަޑިއިރެއް ކުރިން

ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި
ގަޑިއިރެއް ކުރިން

ނޫސްވެރިޔާ ލީވާން މިނިވަންވެއްޖެ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)