
ހުޅުމާލޭ ހޮސްޕިޓަލުން ފިލި ގައިދީ ހޯދައިފި

އާމިނަތު ޝަޒްލާ - 22 މޭ 2026 - 11:46
އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ހުއްޓައި ފިލި މައްސަލައިގައި، އެ މީހާ ހޯދައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއެއް ކަމަށްވާ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާން ފިލި މައްސަލަ މެއި 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅި ކަމަށާއި، އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ފެށި ކަމަށެވެ.
ފުލުހުން ބުނީ ޝަޙްބާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަރެކްޝަނަލް ސާވިސް އާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ، ފަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ޝަރީޢަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ. އަދި އެ މައްސަލައިގާ އޭނާގެ މައްޗަށް ދައުވާކުރަންވެސް އޭޕްރީލް މަހުގެ ތެރޭގައި ފޮނުވާފައިވެއެވެ.
އެ ހާދިސާގައި މީހަަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އައްޑޫ އަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ޑަބްލިޔުޑީސީ ރައީސާއިންނަށް މުސާރަ ބޮޑު ކުރީ މަގާމުގެ މަސްއޫލިއްޔަތައް ބެލުމަށްފަހު: ނިމާލު
ގަޑިއިރެއް ކުރިން

ނޫސްވެރިޔާ ލީވާން މިނިވަންވެއްޖެ
ގަޑިއިރެއް ކުރިން

ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއް، ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ: ޚުޠުބާ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)