
ސަރުކާރުން މިފްކޯއަށް މަސްގަންނަން ފައިސާއެއް ނުދެން: ޝިޔާމް

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:32
ސަރުކާރުން މިފްކޯއަށް މަސްގަންނަން އެއްވެސް ފައިސާއެއް މިހާރު ނުދޭ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި ވަޒީރު ޝިޔާމް ވިދާޅުވީ މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށެވެ.
މިހާރު މިފްކޯއަށް މަސްގަތުމަށް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފްކޯ އަކީ ކުންފުންޏަށް ލިބޭ އާމްދަނީ އިން ހިންގާ ކުންފުންޏަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފްކޯއަށް މަސްގަތުމަށް އެންމެ ރުފިޔާއެއްވެސް ސަރުކާރުން ހަރަދު ނުކުރުމަކީ ރާއްޖޭގައި އޮތް އެހެން ހުރިހާ ކުންފުނިތަކުން އެކަމާއި އުފާކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލްވި އިރު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައް އޮތީ އެ ސިނާއަތުން ބޭރުވާ ހިސާބުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން ވެރިކަމާއި ހަވާލްވެ މަސްވެރިކަމުގެ ސިނާއަތުގެ ހެޔޮ މާހައުލެއް ގާއިމްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރުން މަސްވެރިކަމުގެ ހެޔޮ މާހައުލެއް ގާއިމްކުރީ ޕްރައިވެޓް ކުންފުނިތަކާއި އެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ޕްރައިވެޓް ކުންފުނިތަކާއި މިފްކޯ އަށް މަސްވެރިކަމުން ފައިދާ ވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި
9 ގަޑިއިރު ކުރިން

ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތަށް ޚާއްސަ ލޯގޯއެއް އިފްތިތާޙްކޮށްފި
10 ގަޑިއިރު ކުރިން

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރި: ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލައިފި
11 ގަޑިއިރު ކުރިން

ސައިބަރ ކުރައިމް އިތުރުވެއްޖެ، ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ސްކޭމް: ފުލުހުން
11 ގަޑިއިރު ކުރިން


.gif&w=3840&q=75)