
ބޯޑަރު ހުރަސްކުރަން ދިއުމުން އަންނައުނު ބާލުވައި އަނިޔާކޮށްފި!

ރިޟްވާން މޫސާ - 02 ޖުލައި 2026 - 10:34
ތުރުކީގައި ފިނި ހޫނުމިން 0 ގައި ހުރި ތަނަކުން އަންނައުނުތައް ބާލުވައި އަފްގާނިސްތާނުގެ ބަޔަކަށް އަނިޔާދީފި އެވެ.
ޙަބަރުތައް ބުނާގޮތުން މިކަމެއް ހިނގާފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހު ވިލާތަށް ދިއުމަށް މަސައްކަތްކުރި އަފްޣާނިސްތާނުގެ ޒުވާނުންތަކެއް މެދުގަ އެވެ.
ބީބީސީއަށް މައުލޫމާތު ދެމުން އަފްގާނިސްތާނުގެ ގުރޫޕުން ބުނެފައިވަނީ ތުރުކީގެ ބޯޑަރު ބަލަހައްޓާ ސިފައިން އެމީހުން ހިމެނޭހެން 50 މީހުންގެ ގްރޫޕަކަށް އަނިޔާކޮށް، އެމީހުންގެ އަންނައުނު ބޭލުވުމަށްފަހު ފިނިގަދަ ސަރަހައްދަކަށް ދޫކޮށްލާފައިވާ ކަމަށެވެ.

އެމީހުން ކިޔައިދިން ގޮތުގައި، ތުރުކީގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވޭން އިން އެމީހުން މަޖުބޫރުކޮށްފައި ފޮނުވާލީ އީރާނުގެ ބޯޑަރާ ދިމާލަށެވެ. އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ ސުމަކަށްވުރެ ދަށުގައެވެ. އަދި މި ހާދިސާގައި ގަނޑުވުމުގެ ސަބަބުން މަދުވެގެން 20 މީހުން މަރުވެފައިވާ ކަމަށްވެސް އެ ގްރޫޕުން ބުނެފައިވެއެވެ.
ބީބީސީއާ ވާހަކަދެއްކި 12 މީހުންގެ ތެރެއިން 11 މީހަކަށް (މީގެ ތެރޭގައި 13 އަހަރުގެ ކުއްޖަކުވެސް ހިމެނޭ) ވަނީ ގަދަ ފިނީގެ ސަބަބުން ގުނަވަންތައް ހަލާކުވެ، އަތްފައި ބުރިކޮށްލަން ޖެހިފައެވެ. އުމުރުން 25 އަހަރުން ދަށުގެ މި ޒުވާނުން މިހާރު ވަނީ އަނބުރާ އަފްޣާނިސްތާނަށް ފޮނުވާލާފައެވެ.

އޭގެ ތެރެއިން ޝަހްސަވާރު ނަމަކަށް ކިޔާ ޒުވާނަކު ބުނި ގޮތުގައި، ކާބުލްގެ ހޮސްޕިޓަލެއްގައި އޭނާއަށް ހޭލެވުނުއިރު އޭނާގެ ދެ އަތާއި ދެ ފައި ވަނީ ބުރިކޮށްލާފައެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އެ މީހުން ކުރި ތުހުމަތުތަކަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.

ނަމަވެސް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ބޯޑަރު ބަލަހައްޓާ ސިފައިން އަމަލުކުރަނީ ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި، ހިފަހައްޓާފައިވާ ރެފިއުޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދޭ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދެކުނު އެފްރިކާގައި ބޭރުމީހުންނާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި!
ގަޑިއިރެއް ކުރިން

އެމެރިކާގެ މަންދޫބުން ދޯހާގައި މެދުވެރިންނާ ބައްދަލުކުރެއްވި ނަމަވެސް، އީރާނުގެ އޮފިޝަލުންނާ ބައްދަލެއް ނުކުރައްވާނެ: ގަތަރު
2 ގަޑިއިރު ކުރިން
ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ޒަކާތާ ގުޅޭ 4 ފޮތެއް ނެރެފި
2 ގަޑިއިރު ކުރިން

ފަލަސްޠީނަށް ރާއްޖެއިން 50،000 ޑޮލަރުގެ އެހީ ދެނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)