logo

ދެކުނު އެފްރިކާގައި ބޭރުމީހުންނާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި!

profile

ރިޟްވާން މޫސާ - 02 ޖުލައި 2026 - 11:26

ދެކުނު އެފްރިކާގައި ބޭރުމީހުންނާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

https://wamco.com.mv/

އަލްޖަޒީރާ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު އެފްރިކާގެ އެކި ކަންކޮޅުތަކުގައި ބޭރުމީހުންނާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ފުލުހުން 900 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އާންމުގޮތެއްގައި ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި މުޒާހަރާތަކުގެ ތެރެއިން ބައެއް ފަހަރު ހަމަނުޖެހުން ހިނގައި، ފިހާރަތަކުން މުދާ ފޭރުމާއި އެކަކުގެ ގަޔަށް ބަޑިޖަހާ މަރާލުން ފަދަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ.

އަންގާރަ ދުވަހު ބޭއްވި މި މުޒާހަރާތަކަކީ "މާޗް އެންޑް މާޗް" ހަރަކާތް ހިމެނޭހެން، މަދަނީ 20 އަށްވުރެ ގިނަ ޖަމިއްޔާ ގުޅިގެން އުފައްދާފައިވާ އިއްތިހާދަކުން އިންތިޒާމުކުރި ހަރަކާތްތަކެކެވެ.

މި މުޒާހަރާތައް ބާއްވާފައިވަނީ ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް އެ ގައުމުގައި އުޅޭ ބޭރުމީހުން ގައުމުން ފޭބުމަށް އެ ފަރާތްތަކުން ކަނޑައަޅާފައިވާ ނުރަސްމީ "ސުންގަޑި" އާ ދިމާކޮށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk