logo

އެމެރިކާގެ މަންދޫބުން ދޯހާގައި މެދުވެރިންނާ ބައްދަލުކުރެއްވި ނަމަވެސް، އީރާނުގެ އޮފިޝަލުންނާ ބައްދަލެއް ނުކުރައްވާނެ: ގަތަރު

profile

ރިޟްވާން މޫސާ - 02 ޖުލައި 2026 - 10:19

އެމެރިކާގެ މަންދޫބުން ދޯހާގައި މެދުވެރިންނާ ބައްދަލުކުރެއްވި ނަމަވެސް، އީރާނުގެ އޮފިޝަލުންނާ ބައްދަލެއް ނުކުރައްވާނެ ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

https://wamco.com.mv/

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން މެދުވެރިންނާ ވާހަކަދެއްކެވުމަށްޓަކައި، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ މިހާރު ތިއްބެވީ ގަތަރުގެ ދޯހާގައެވެ.

ނަމަވެސް، އެ ބޭފުޅުން އީރާނުގެ އޮފިޝަލުންނާ ބައްދަލުނުކުރައްވާނެ ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ގަތަރުގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ފަރާތުގެ ދެމެދުގައި މަތީ ފަންތީގެ ބައްދަލުވުމެއް ނުވަތަ ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އެމެރިކާއާއި އީރާނުން އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދިނުން ހުއްޓާލުމަށާއި، ގަތަރަށް މަންދޫބުން ފޮނުވުމަށް އެއްބަސްވީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ މެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން ހަތަރު ދުވަސް ވަންދެން ދެގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކަށް ފަހުގައެވެ.

މި ހަމަލާތަކުގެ ސަބަބުން، އެމެރިކާއާއި އިސްރާއީލް އަދި އީރާނާ ދެމެދު ހިނގަމުންދާ ހަތަރު މަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެފައިވާ އިބްތިދާއީ އެއްބަސްވުމަށް ވަނީ ނުރައްކާވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk