logo

ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ޒަކާތާ ގުޅޭ 4 ފޮތެއް ނެރެފި

profile

ރިޟްވާން މޫސާ - 02 ޖުލައި 2026 - 10:19

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގެ ތެރެއިން ޒަކާތާއި ގުޅޭ ހަތަރު ފޮތެއް ނެރެފި އެވެ.

https://wamco.com.mv/

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމު ކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

މި ފޮތްތައް ނެރެދެއްވީ، ފައިނޭންޝަލް އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

މިއަދު ބޭއްވި މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ވެސް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާ މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފައެވެ.

undefined

މީގެ އިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި ފޮތްވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވައިފައެވެ.

އެކްސްޕޯގެ ތެރެއިން މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ 4 ފޮތަކީ:

* ޒަކާތާއި އަޤީދާ
* ޒަކާތާއި ޞަދަޤާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު
* ޒަކާތާއި ޞަދަޤާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީ އުޅޭ މީހުންގެ ސިފަތައް
* ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ

undefined

އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސްއިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް މި ޝިޢާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ޚިދުމަތްދޭ ފަރާތްތަކާއި، ޤާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk