logo

ފަލަސްޠީނަށް ރާއްޖެއިން 50،000 ޑޮލަރުގެ އެހީ ދެނީ

profile

ރިޟްވާން މޫސާ - 02 ޖުލައި 2026 - 08:08

ދިވެހިރާއްޖެއިން ފަލަސްޠީނަށް މިއަހަރުވެސް 50،000 ރުފިޔާ އެހީގެ ގޮތުގައި ދިނުމަށް ނިންމައިފިއެވެ.

https://wamco.com.mv/

އިއްޔެ އދގެ މައިމަރުކަޒުގައި ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރެންސް'ގައި ރާއްޖެއިން ވަނީ، މިއަހަރުވެސް ފަންސާސް ހާސް ޑޮލަރު ދިނުމަށް ނިންމާފައިވާކަން ޢިއުލާން ކުރައްވާފައެވެ.

މިކަން ޢިއުލާން ކުރެއްވީ، ދިވެހިރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޢަލީ ނަސީރު މުޙައްމަދެވެ.

ދިވެހި ރާއްޖެއިން ކޮންމެ އަހަރަކުވެސް އަންނަނީ ފަލަސްތީނުގެ ނިކަމެތި މުސްލިމުންނަށް އެހީތެރި ވުމަށް ފަންޑު ދެމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 5000 ޑޮލަރުގެ އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އައި ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި 500000 ޑޮލަރުގެ އެހީ ދެމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

މިކޮންފަރެންސްގައި ޑރ.ޢަލީ ނަސީރު ދެއްކެވި ވާހަކަފުޅުގައި އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަޤުވާމީ ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ޙިމާޔަތްކުރުމާ ގުޅުންހުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަންރުވާ އާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތައް ފާހަގަކޮށް، އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރާއްޖެއިން ވަނީ ގޮވާލައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk