logo

އީކޮމާސް ޕްލެޓްފޯމްތަކަށް ބޭރުފައިސާގެ މުޢާމަލާތްތައް އިތުރުކުރެވިއްޖެ: ބީއެމްއެލް

profile

ރިޟްވާން މޫސާ - 02 ޖުލައި 2026 - 06:48

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އީކޮމާސް ޕްލެޓްފޯމްތަކަށް ބޭރުފައިސާއިން މުޢާމަލާތްކުރެވޭ މިންވަރު އިތުރުކުރެވިފައިވާކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބީއެމްއެލުން ވިދާޅުވީ އީކޮމާސް ޕްލެޓްފޯމްތަކަށް ބޭރުފައިސާއިން މުޢާމަލާތްކުރެވޭ ލިމިޓު އިތުރުކުރެވުނީ ބޭންކުގައި ޑޮލަރުން އިންވެސްޓްކުރުމަށް ހުޅުވާލި ފުރުސަތާއެކުގައިކަމަށެވެ. ބީއެމްއެލްގައި އާންމުންނަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގަ އެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑުން މަހަކު ހެދޭ ޓްރާންސެކްޝަންތައް ނުވަތަ މުއާމަލާތްތައް ލިމިޓްކުރަން ބޭންކް އޮފް މޯލްޑިވްސް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ބަދަލާއެކު އީ-ކޮމާސް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަހަކު 30 ޓްރާންސެކްޝަނަށް ވުރެ ގިނައިން މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކުންވަނީ ހަމަޖައްސާފައެވެ. މިބަދަލާއެކު 6 އޮންލައިން ޕްލެޓްފޯމަކުން މުޢާމަލާތުކުރުމުގައިވަނީ ލިމިޓުތަކެއް ކަނޑައަޅާފައެވެ.

ބެންކް އޮފް މޯލްޑިވްސް އިން ވަނީ އާންމުންނަށް ބޭންކުގައި ޑޮލަރުން އިންވެސްޓްކުރެވޭނެ ފުރުސަތު ހުޅުވާލާފައެވެ. މީގެދަށުން 3 އޮޕްޝަނެއް މިހާރު ހުރި އިރު މިއީ އެކި މިންވަރަށް ނަފާ ލިބޭ އޮޕްޝަންތަކެކެވެ. އެއީ ގޯލްޑް، ސިލްވަރ އަދި ބްރޯންޒެވެ.

އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk