logo
ހުޅުމާލެ ފްލެޓް ނަމްބަރ 110 ގައި ރޭ ހިނގި އަލިފާނުގެ ހާދިސާ / ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ ފްލެޓް ނަމްބަރ 110 ގައި ރޭ ހިނގި އަލިފާނުގެ ހާދިސާ / ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭ ފްލެޓް ނަމްބަރ 110 ގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

profile

ރިޟްވާން މޫސާ - 02 ޖުލައި 2026 - 06:48

ރޭ ދަންވަރު ހުޅުމާލޭ ފޭސް 1 ގެ ފްލެޓް ނަމްބަރު 110 ގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

https://wamco.com.mv/

ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި ފްލެޓް ނަމްބަރ 110ގެ އެޕާޓްމަންޓުގެ ބަދިގެ އޭރިއާގައި ވަނީ މުޅިން ރޯވެ ކަނބަޑު ސެޓާއި އެހެނިހެން ސާމާނުތައް ވެސް ބޭނުން ނުކުރެވޭ ވަރަށް އަދައި ހުލިވެފަ އެވެ.

ރޭ ހިނގި މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން "އަސްލުޓީވީ" އަށް ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:10 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ވަނީ ރޭ ދަންވަރު 01:23 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވަ އެވެ.

undefined

މި ހާދިސާގައި ދެ ކުޑަ ކުއްޖަކަށް އަނިޔާވެފައިވާއިރު ދުމުގެ އަސަރު ކުރި ތިން މީހަކަށް ވެސް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ދާދި ފަހަކުން ވެސް ވަނީ ހުޅުމާލޭ ފޭ 2 ގައި ހުންނަ ފްލެޓެއްގައި އަލިފާނުގެ މިފަދަ ހާދިސާ އެެއް ހިނގާފަ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

އެމްއެންޑީއެފް އިން ވަނީ މިފަދަ ހާދިސާތަކުން އާންމު ރައްޔިތުން ސަމާލުވެތިބުމަށް އިލްތިމާސްކުރައްވާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk