logo

އަލިފާނުގެ ހާދިސާއާ ގުޅިގެން އަށް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

profile

މުޙައްމަދު ފަޟްލޫން - 02 ޖުލައި 2026 - 06:48

ރޭ ހުޅުމާލޭ ފްލެޓެއްގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން އަށް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

https://wamco.com.mv/

އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ހުޅުމާލެ 110 ވަނަ ފްލެޓުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމެންޓުގެ ސިޓިން ރޫމުގައި އޮތް ޓޫލް މެލްޓިން ޑިވައިސް އެއްގައި ރޯވުމުގެ ސަބަބުން ބެލެވޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުން ދިޔަ ޖުމްލަ 7 ދިވެހިންގެ ތެރެއިން 5 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި ދިރިއުޅެނީ 18 އަހަރުން ދަށުގެ 2 ކުޑަ ކުދިންނާއި 18 އަހަރުން މަތީގެ 1 އަންހެނެއްގެ އިތުރުން 18 އަހަރުން މަތީގެ 4 ފިރިހެނުންނެވެ.

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގެ ސަބަބުން އެޕާޓްމެންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރި ނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

މިވަގުތު އެތަނުގައި ތިބި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ހިޔާ ޓަވަރުގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ 2 އެޕާޓްމެންޓަކަށް ރޭ ދިރިނޫޅޭވޭ ވަރަށް ދުމުގެ އަސަރުކޮށްގެން އިތުރު 8 ދިވެހިންނަށް ވެސް ރޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަދީފައިވާނެ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އެއީ 18 އަހަރުން މަތީގެ 6 މީހަކާއި 18 އަހަރުން ދަށުގެ 2 މީހުން ކަމަށް ވެސް ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk