logo

ކީސްޓޭޖް 1ގެ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މި އަހަރު އިމްތިހާނެއް ބާއްވަނީ

profile

އާމިނަތު ޝަޒްލާ - 02 ޖުލައި 2026 - 10:19

ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ކީސްޓޭޖް 1 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އަޅާކިޔުމަށްޓަކައި، ޚާއްޞަ އިމްތިހާނެއް މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާކަން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު މިކަން ހާމަކުރެއްވީ، މި އަހަރުގެ ކީސްޓޭޖް 3 ގެ "ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް" ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒަކީ ސައިންޓިފިކް ހެކިތަކާއި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ތަޢުލީމީ ނިޒާމު އިޞްލާޙުކުރުންކަން ފާހަގަކުރެއްވިއެވެ. މީގެކުރިން ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުންގެ ފެންވަރު ބެލުމަށް އެސެސްމަންޓުތަކެއް ހެދުނު ނަމަވެސް، އެ ނަތީޖާތަކަށް ބިނާކޮށް ނިޒާމީ ބަދަލުތަކެއް ގެނެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ ކުރީގެ އެސެސްމަންޓުތަކުން ފާހަގަވި ކަންކަމަށް ރިޢާޔަތްކޮށް، ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކުރުމަށްޓަކައި މަންހަޖަށް ގެންނަންޖެހޭ ޒަމާނީ ބަދަލުތައް ގެނައުން ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ބަޔާންކުރައްވާފައިވާ އިސްލާޙީ ބަދަލުތަކުގެ ދަށުން، ކީސްޓޭޖް 1 ގެ "ތީމެޓިކް" ފޮތްތަކާއި އުނގަންނައިދިނުމުގެ އުސޫލުތައް މުދައްރިސުންނާއި ދަރިވަރުންނަށް އެންމެ ލުއިފަސޭހަ އަދި ފައިދާހުރި ގޮތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގައި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ތައްޔާރުކުރާ ނޭޝަނަލް އެސެސްމަންޓް ރިޕޯޓުތަކުގެ އެހީތެރިކަން ބޮޑުކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މިހާރު ކީސްޓޭޖް 3ގައި އިސްލާމާއި ދިވެހި މާއްދާގެ އިތުރުން، އަލަށް ސައިންސް ހިމެނޭހެން ޖުމްލަ 5 މާއްދާއެއް ވަޒަންކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަން ޙައްލުކުރުމަށް ހިސާބު މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކީސްޓޭޖް 1ގެ މަންހަޖަށް ގެންނަ ބަދަލުތަކާއެކު ހިސާބު މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk