logo

ރަކީދޫ ޑަބްލިއުޑީސީގެ ރައީސާ ކަމަށް އެކަކުވެސް ކުރިމަތިނުލުމުން އަލުން މި މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

profile

ރިޟްވާން މޫސާ - 02 ޖުލައި 2026 - 06:48

ވ. ރަކީދޫ ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

https://wamco.com.mv/

ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ރައީސާ އަކު ހޮވުމަށް ހުޅުވާލާފައި ވަނީ އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 އަށް ކުރިމަތިލުމަށް ޖަނަވަރީ 17 އިން ފެބުރުވަރީ 1 އަށް ހުޅުވާލި މުއްދަތުގައި އެރަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން، (އީސީ)ން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މިއަދުން ފެށިގެން، ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

undefined

މީގެ އިތުރުން ޖޫން 20 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް މޭ 3 އިން 18 އަށް ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަން ފާހަގަކޮށްފައި ވެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 6-56 ވަނަ މާއްދާއާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ގަވާއިދުގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބާއްވަންޖެހޭ ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުގެ އިންތިހާބު، އޮގަސްޓު 22 ވާ ހޮނިހިރު ދުވަހު އަލުން ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk