logo

ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީން އަންގައިފި

profile

އާމިނަތު ޝަޒްލާ - 11 މޭ 2026 - 05:00

"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުރުމަށާއި، ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.

https://wamco.com.mv/

ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް އަންގާފައެވެ.

ކޯޓުން އަމުރުގައި ވާގޮތުން އެ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އެންމެންގެ މައްޗަށް އަންގާފައެވެ. އަދި ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަންގާފައިވާއިރު، އެއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

މި އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރެވެ.

މި މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ފުލުހަށް ހާޒިރުކުރުމުން އެ ބޭފުޅުން ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ.

ކޯޓުގެ އަމުރުގައި ބުނެފައިވަނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައެއް ކަމަށާއި، އެކަން ނަހީ ކުރައްވާފައިވަނީ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށް ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk