logo

ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގަ ތިން ބޭފުޅަކު އައްޔަންކުރަން ރުހުންދީފި

profile

އާމިނަތު ޝަޒްލާ - 07 ޖުލައި 2026 - 10:59

ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ތިން ބޭފުޅަކު އައްޔަންކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ނޮންރެސިޑެންޓް ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަންކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ސައުތު އެފްރިކާ އާއި ޗެކް ރިޕަބްލިކް އަދި ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއެވެ.

https://wamco.com.mv/

މި ޤައުމުތަކަށް ބޭފުޅުން އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި، 64 މެމްބަރުންގެ އިއްތިފާގުންނެވެ. ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ފާސްކޮށްފައި ވަނީ ހ. މީނާޒް ހާލާ ހަމީދުގެ ނަމެވެ.

ޗެކް ރިޕަބްލިކްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް، ގުލްޒާރުގެ، ގދ. ތިނަދޫ އާމިނަތު އަބްދުﷲ ދީދީ އައްޔަންކުރަން ވަނީ މަޖިލީހުން ފާސްކޮށްފައެވެ. ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއަށް އައްޔަންކުރަން ފާސްކުރީ ހ. އަތިރީގެ އަމީން ޖާވީދު ފައިސަލްއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk