
ރާއްޖެއިން ބޭރުގެ ވޯޓު ފޮށި ބަހައްޓަނީ ލަންކާ އާއި މެލޭޝިޔާގައި

ޝަހްޒާ މުޙައްމަދު - 10 ޖެނުއަރީ 2026 - 13:29
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ހަމައެކަނި ސްރީ ލަންކާ އާއި މެލޭޝިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުންހާމަކޮށްފިއެވެ.
އެ ކޮމިޝަނުން ބުނެފައިވާގޮތުގައި އެހެން ގައުމުތަކުގައި ފޮށި ނުބަހައްޓަނީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް މީހުން ހަމަނުވާތީކަމަށެވެ. ކޮންމެ ގައުމެއްގައި މަދުވެގެން 2,000 މީހުން ރަޖިސްޓްރީ ކުރަން ޖެހޭއިރު، އެއް ދާއިރާއަކުން ވޯޓުލާ 40 މީހުން އެ ފޮށްޓަކަށް ރަޖިސްޓަރީވާން ޖެހޭނެއެވެ.
ބޭރު ގައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމުގައި އީސީން ދަނީ ހަރަދުތަކަށާއި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށްޓަކައިއެކަންތަކަށް ރިއާޔަތްކޮށް މަދު ބަޔަކު ވޯޓުލާ ނަމަ ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތުމާ އެކު، އެކަމަށް އިސްކަންދީގެން ކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ. އެހެން ނަމަވެސް ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި މީހުންގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން މި ނިންމުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
މި އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓާސް ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވޮލަވްމަންޓްގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެ
ގަޑިއިރެއް ކުރިން

ކުޅުދުއްފުށި ސިޓީ ފިހާރަތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި
ގަޑިއިރެއް ކުރިން

ހުސްވި އަހަރު ސިވިލް ކޯޓަށް 5000 އަށް ވުރެ ގިނަ މައްސަލަ ވަނީ ބަލައިގަނެފައި
ގަޑިއިރެއް ކުރިން

މާލެ ސަރަހައްދާއި، ގއ.އަތޮޅަށް ފުލުހުންގެ ޑްރަގު އޮޕަރޭޝަންތަކެއް
ގަޑިއިރެއް ކުރިން


